ސަރުކާރުން ދޫކޮށްފައިވާ ޓ-ބިލާއި ބޮންޑަށް ދައްކަން ޖެހޭ ދަރަނި 80 ބިލިއަން ރުފިޔާއަށް އަރާފައިވާކަމަށް، ފިނޭންސް މިނިސްޓްރީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންންސް މިނިސްޓްރީން އާންމުކޮށްފައިވާ މާލީ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، މީގެ ތެރެއިން 32.6 ރުފިޔާއަކީ ފީނޭންސް މިނިސްޓްރީ ދޫކޮށްފައިވާ ޓީ-ބިލަށް ދައްކާން ޖެހިފައިވާ ފައިސާއެވެ.
ޓީ ބިލާއި ބޮންޑުގެ ދަރަނީގެ ތެރެއިން 6 ބިލިއަން ރުފިޔާ ސަރުކާރުން ކުރިޔަށް އޮތް 1 މަސްދުވަހުގެ ތެރޭގައި ދައްކާން ޖެހެއެވެ. އަދި ކުރިޔަށް އޮތް 3 މަހުގެ ތެރޭގައި އިތުރު 3 ބިލިއަން ރުފިޔާ ދައްކާން ޖެހޭއިރު، މިއަރުގެ ތެރޭގައި މިއަދަދު 24.8 ބިލިއަން ރުފިޔާއަށް އަރައެވެ.
ސަރުކާރުގެ ސެކިއުރިޓީޒް އަނބުރާ ދައްކަންޖެހޭ ގޮތުގެ ތަފްސީލު
- އެއް މަސް: 6 ބިލިއަން ރުފިޔާ
- ތިން މަސް: 3 ބިލިއަން ރުފިޔާ
- ހަ މަސް: 5.7 ބިލިއަން ރުފިޔާ
- އެއް އަހަރު: 24.8 ބިލިއަން ރުފިޔާ
- އެއް އަހަރާއި ދެ އަހަރުގެ ތެރޭގައި: 700 މިލިއަން ރުފިޔާ
- ތިން އަހަރާއި ފަސް އަހަރުގެ ތެރޭގައި: 12.1 ބިލިއަން ރުފިޔާ
- ފަސް އަހަރާއި ހަތް އަހަރުގެ ތެރޭގައި: 2.1 ބިލިއަން ރުފިޔާ
- ހަތް އަހަރާއި 10 އަހަރު: 6.5 ބިލިއަން ރުފިޔާ
- 10 އަހަރާއި އޭގެ ފަސް: 19 ބިލިއަން ރުފިޔާ
ސަރުކާރުން ޓީ ބިލް ވިއްކަނީ ދައުލަތުގެ ކޭޝްފްލޯ ހަމަޖެއްސުމަށް، ކުރު މުއްދަތުގެ ލޯންގެ ގޮތުގައެވެ. އާންމުކޮށް މި ލޯންތައް ނަގަނީ ޕެންޝަން ފަންޑުންނާއި ބައެއް ބޭންކުތަކުންނާއި، އަދި އަމިއްލަ ބައެއް ކުންފުނިތަކުންވެސް ޓީބިލް ގަނެއެވެ.
ކޮމެންޓު ފޮނުވާ