މިއަދު ކުރިއަށްދިޔަ އެމްޑީޕީ މަޖިލިސް ޕްރައިމަރީގައި ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފަށްވެސް ޕްރައިމަރީން ނާކާމިޔާބާ ކުރިމަތިލާން ޖެހިއްޖެ އެވެ.
އޭގެ އިތުރުން ނިމިދިޔަ ތިން ދައުރުގައި ވެސް މަޖިލިސް މެންބަރެއްގެ ގޮތުގައި ހުންނެވި އައްޑޫމީދޫ ދާއިރާގެ މިހާރުގެ މެންބަރު ރޮޒައިނާ އާދަމްއަށްވެސް ވަނީ ޕްރައިމަރީން ނާކާމިޔާބު ވެފައެބެ. އޭނާ މި ފަހަރު ވާދަކުރެއްވީ ފޭދޫ އުތުރު ދާއިރާ އަށެވެ. ނަމަވެސް އެ ދާއިރާގެ އެމްޑީޕީ ޓިކެޓު ކާމިޔާބު ކުރައްވާފައި ވަނީ އަހުމަދު ޝަރީފު އެވެ.
އޭގެ އިތުރުން ހއ. ކެލާ ދާއިރާގެ މިހާރުގެ މެންބަރު އިބްރާހިމް ޝަރީފު (ކެލާ ޝަރީފު) ފަހަތަށް ޖައްސައިލުމަށްފަހު އެ ދާއިރާގެ އެމްޑީޕީ ޕްރައިމަރީ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ޓިކެޓުގައި އަލަށް ޕްރައިމަރީއެއްގައި ވާދަ ކުރެއްވީ އަހުމަދު ގާލިބު އެވެ.
މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ދެބެންގެދެދަރި، ގާލިބު އަށް ވަނީ 125 ވޯޓު ލިބިވަޑައިގެންފަ އެވެ. ދެވަނައަށް ދިޔަ ޝަރީފުއަށް ލިބިވަޑައިގެންނެވީ 122 ވޯޓެވެ.
ތަފްސީލު އަންނަނީ..
ކޮމެންޓު ފޮނުވާ