ސައުދީ އަރަބިއްޔާގެ އަލް-ނަސްރަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ލޯބިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.
އޭނާ ރާއްޖެ އައިސްފައިވަނީ މިދިއަ ހަފްތާގެ ތެރޭގައިއެވެ. އޭނާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަނީ އޭނާ ޗުއްޓީ ހޭދަކުރަމުން ދަނީ ޖޯލި މޯލްޑިވްސް ގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ރާއްޖެ އައިސްފައިވަނީ އާއިލާ އާއި ރައްޓެހިންނާ އެކުގަ އެވެ.
މިި ދަތުރުގައި ރޮނާލްޑޯ ބައިވެރިވެފައި އެއް ނުވެއެވެ. މިދަތުރުގައި ޖޯޖީނާ ވަނީ ރާއްޖޭގައި އޭނާގެ 30 ވަނަ އުފަންދުވަހާއި ދިމާކޮށެވެ. އަދި އުފަންދުވަސް ފާހަގަ ކޮށްފައިއެވެ. އުފަންދުވަސް ފާހަގަ ކުރި އިރުގައި އޭނާ ވަނީ ރޮނާލްޑޯއަށް ވީޑިއޯ ކޯލް ކޮށްފައިއެވެ.
ރާއްޖޭގައި ނަގާފައިވާ ފޮޓޯތަކެއް ޖޯޖީނާ ވަނީ އޭނާގެ އިންސްޓަގްރާމަށް ދޫކޮށްލާފައެވެ. ޖޯޖީނާ ރޮޑްރިގޭޒް ހެނާންޑޭޒް އަކީ އާޖެންޓީނާއަށް އުފަން ސްޕެއިންގެ މީސް މީޑިއާ އިންފްލުއެންސަރެއް އަދި މޮޑެލްއެކެވެ.
ކޮމެންޓު ފޮނުވާ