މަޖިލީސް އިންތިޚާބުގައި ވާދަކުރުމަށް އިއްޔެއާއި ހަމައަށް އީސީއަށް ލިބުނީ ދެ އެޕްލިކޭޝަން

މަޖިލީސް އިންތިޚާބުގައި ވާދަކުރުމަށް އިއްޔެއާއި ހަމައަށް އީސީއަށް ލިބުނީ ދެ އެޕްލިކޭޝަން

Author
ހުސެއިން
03 ފެބްރުއަރީ 2024 01:38
0

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރުމަށް އިއްޔެއާއި ހަމައަށް އިލެކްޝަންސް ކޮމިޝަން، (އީސީ)އަށް ލިބިފައިވަނީ ދެ އެޕްލިކޭޝަން ކަމަށް އީސީގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމަށް ހުޅުވާލިތާ 4 ދުވަސް ވެފައިވާއިރު މިހާތަނަށް ލިބިފައިވަނީ ދެ ހުށަހެޅުން ކަމަށެވެ.

ހަބީބު ވިދާޅުވީ، އެއީ ގަމު ދާއިރާ އަށާއި، ނިލަންދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި ދެ ކެންޑިޑޭޓެއްގެ ނަން ކަމަށް ކަމަށެވެ.

މިހާތަނަށް އީސީއަށް ލިބިފައިވަނީ ގަމު ދާއިރާ އަށާއި، ނިލަންދޫ ދާއިރާއަށް އަމިއްލަގޮތުން ކުރިމަތިލެއްވި ދެ ކެންޑިޑޭޓެއްގެ ދެ ހުށަހެޅުން.

ހަބީބު ވިދާޅުވިއެވެ.

މާޗް 17 ވަނަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އީސީން މިހާރު ހުޅުވާލާފައިވާއިރު، މަޖިލިހުގެ 93 ދާއިރާއަކަށް ވާދަކުރުމުގެ ފުރުސަތު އޮންނާނެއެވެ. އެ ދާއިރާއަކަށް ވާދަކުރުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މި މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.

މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ މީހުން، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމާއި ތަކެތި ހުށަހަޅަން ޖެހޭނީ އިންތިހާބާބެހޭ މަރުކަޒު (ދަރުބާރުގެ) އަށެވެ.

މީގެ އިތުރުން މި އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ރީ-ރަޖިސްޓްރީވާން ބޭނުންވާ މީހުންނަށް އެ ފުރުސަތުވެސް އީސީން މިހާރު ވަނީ ހުޅުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.