ބީއެމްއެލްގެ ލޯނުތަކަށް ފައިސާ ނުދެއްކުމުން ނަގާ އޯވަޑިއު އިންޓަރެސްޓް ރޭޓް ދަށްކޮށްފި

ބީއެމްއެލްގެ ލޯނުތަކަށް ފައިސާ ނުދެއްކުމުން ނަގާ އޯވަޑިއު އިންޓަރެސްޓް ރޭޓް ދަށްކޮށްފި

Author
ހުސެއިން
02 ފެބްރުއަރީ 2024 08:03
0

ބީއެމްއެލް އިން ދޫކުރާ ލޯނުތަކަށް ފައިސާ ނުދެއްކުމުން ޖޫރިމަނާގެ ގޮތުގައި ނަގަމުންދިޔަ އޯވަޑިއު އިންޓަރެސްޓް ރޭޓް ދަށްކޮށްފި އެވެ.

އޯވަޑިއު އިންޓަރެސްޓްގެ ގޮތުގައި އެންމެ ފަހުން ނެގީ ދެ ޕަސަންޓެވެ. ނަމަވެސް މިހާރު ވަނީ އެ އަދަދު 0.5 ޕަސަންޓަށް ދަށްކޮށްފަ އެވެ.

ބީއެމްއެލް އިން މިބަދަލު ގެނައުމަށް ނިންމީ ބޭންކްގެ ބޯޑު މެންބަރުން މިދިޔަ މަހުގެ 24 ވަނަ ދުވަހު ބޭއްވި ބޯޑު ބައްދަލުވުމުގައެވެ.

ބީއެމްއެލް އިން އޯވަޑިއު އިންޓަރެސްޓްގެ ގޮތުގައި ނަގަމުން ދިޔަ އަދަދު މިދިޔަ އަހަރުގެ އޭޕްރީލް މަހު ދެ ޕަސަންޓަށް ކުޑަކުރުމުގެ ކުރިން ނަގަމުން ދިޔައީ 10 ޕަސަންޓެވެ.

އޯވަޑިއު އިންޓަރެސްޓް ކުޑަކުރި ނަމަވެސް ލޯނު ތަކަށް ގަވައިދުން ފައިސާ ދެއްކުމަށް ބީއެމްއެލް އިން އިލްތިމާސްކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.