’އިންޑިއާ ސިފައިން' ހަތިޔާރާއެކު ދިވެހި މަސްދޯންޏަކަށް އަރައިގެން އުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމު ވެއްޖެއެވެ.
މިދިޔަ ބުދަ ދުވަހު އިންޑިއާ ސިފައިން ދިވެހި މަސްދޯންޏަށް އަރާ ތިބި ވީޑިއޯ، އާންމު ކޮށްފައިވަނީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންއިން މިއަދު އެވެ.
މިއަދު އާންމު ކުރި ވީޑިއޯ އިން ފެންނަ ގޮތުގައި އިންޑިއާ ސިފައިން އަރާ ތިބި ދޯނި ކައިރީގައި އިތުރު ދެ ދިވެހި މަސް ދޯނި ވެސް އޮތެވެ. އަދި ހަމަ އެ ސަރަހައްދުގައި އިންޑިއާ ސިފައިންގެ ކޯސްޓޓްގާޑުގެ ދެ އުޅަނދު ވެސް ހަރަކާތްތެރިވަމުން ދިޔަތަން ފެނެ އެވެ.
ވީީޑިއޯއިން ދޯނީގެ މަތީގައި ހަދާފައި ހުންނަ ގެ ގަނޑުމަތީގައި ޔުނީފޯމްގައި ތިބި ދެ ސިފައިންގެ މީހަކު ފެންނަ އިރު، އޭގެ ތެރެއިން އެކަކު ހުރީ ބަޑި ކޮޑުގައި އަޅުވައިގެންނެވެ. އަނެކަކު އަތުގައި އޮތީ ވޯކީޓޯކީ އެކެވެ.
ވީޑިއޯ ކުރަމުންދިޔަ ދިވެހި މަސްވެރިޔާ ވާހަކަ ދައްކާ އަޑު ވެސް އިނގެ އެވެ.
މިތިބީ އެމީހުން ހުރިހާ އެންމެން އެތިބީ ދޯނީގެ އެންމެން ފަހަތަަށް ގެންގޮސްފައި،
16 ސިކުންތު އެ ވީޑީއޯގައިވާހަކަދައްކާ މީހާ ބުނާ އަޑުއިވެ އެވެ.