ދިވެހިރާއްޖެއާ އިންޑިއާއިން މަޝްވަރާކުރަން ޖެހޭ ކަންކަމާއި ގުޅިގެން ދެ ޤައުމުގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގަންނަވާ ހައި ލެވެލް ކޯ ގްރޫޕުގެ ދެ ވަނަ ބައްދަލުވުުން މިއަދު ނިއު ދިއްލީގައި ކުރިއަށް ދާނެކަން ފޮރިން މިނިސްޓްރީން ހާމަކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިއީ
ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާގެ ބޮޑުވަޒީރާ އެކު މިދިޔަ އަހަރު ޑިސެމްބަރު މަހު ދުބާއީގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި، ދެ ލީޑަރުން އެއްބަސްވެވަޑައިގަތް ގޮތަށް އެކުލަވައި ލާފައިވާ ހައި ލެވެލް ކޯ ގްރޫޕުގެ ބައްދަލުވުންތަކެއް ކަމުގައެވެ.
އިންޑިއާ-މޯލްޑިވްސް ހައިލެވެލް ކޯރ ގްރޫޕުގެ ފުރަތަމަ ބައްދަލުވުން މާލޭގައި ބާއްވާފައި ވަނީ ޖެނިއަރީ 14 ވަނަ ދުވަހުއެވެ.
މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެފަރާތުންވެސް މަޝްވަރާ ކޮށްފައިވާ ކަމަށެވެ އިންޑިއާއިންނާއި ރާއްޖެއިންވެސް ބުނެފައި ވެއެވެ.
އަދި ރާއްޖޭގައި ކުރިޔަަށްދާ ތަރައްގީގެ މަޝްރޫއުތައް ހަލުއިކަމާއެކު ކުރިޔަށް ގެންދެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާ ކޮށްފައިވާކަމަށްވެސް ވާހަކަތަކަށްފަހު އިންޑިއާއިން ނެރުނި ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
މިގޮތުން އިންޑިއާއިން ނެރުނު ބަޔާނުގައި، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގެ ވާކަ ނުގެނެސް ވިދާޅުވެފައިވަނީ އިންޑިއާގެ ވައިގެ ޕްލެޓްފޯމްތަކުން ދިވެހި ރައްޔިތުންނަށް ފޯރުކޮށްދެމުންދާ އިންސާނީ އަދި ސިއްޙީ އެހީތެރިކަން އިތުރަށް ފުރިހަމަކަށް ކުރިޔަށް ގެންދިއުމުގައި ދެފަރާތަށް އެއްބަސްވެވޭ ހައްލެއް ހޯދުމަށް މަޝްވަރާ ކޮށްފައިވާ ކަމުގައެވެ.
ދިވެހި ރައްޔިތުންނަށް އިންސާނީ އަދި ސިއްޙީ ޚިދުމަތް ފޯރުކޮށްދޭ އިންޑިޔާގެ ވައިގެ ދަތުރުފަތުރުގެ ޕްލެޓްފޯމްތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ޓަކައި ދެޤައުމުގެ ދެމެދުގައި އެއްބަސްވެވޭ ޙައްލެއް ހޯދުމާ ބެހޭގޮތުންވެސް ދެފަރާތުގެ މެދުގައި މަޝްވަރާކުރެވުނެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އެހެންނަމަވެސް އެ ބައްދަލުވުމަށްފަހު ރާއްޖެގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅިވެފައިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް އަވަސް ކުރުމަށް ދެފަރާތުންވެސް އެއްބަސްވެފައި ވާކަމުގައެވެ.