ޕްރިތީ އެނބުރި އަންނަނީ "ލާހޯރް 1947″ އިން

ޕްރިތީ އެނބުރި އަންނަނީ "ލާހޯރް 1947″ އިން

Author
ފާތިމަތު ނާވީ
03 ފެބްރުއަރީ 2024 08:43
0

ފިލްމީ ދާއިރާއާ ދުރުގައި ހުރި ބޮލީވުޑްގެ ތަރި، ޕްރިތީ ޒިންތާ ބޮލީވުޑްއަށް އެނބުރި އަންނަނީ "ލާހޯރް 1947″ އިން ކަމަށް މީޑީއާއިން ބުނެފިއެވެ.

ރިޕޯޓްތަށް ބުނާ ގޮތުގައި ޕްރިތީ އެނބުރި އަންނަ ފިލްމް އަކީ ސަނީ ޑިއޯލް އާއި ޝަބާނާ އާޒްމީ ވެސް މުހިންމު ރޯލުތަކަކުން ފެނިގެންދާ "ލާހޯރް 1947″ ކަމަށެވެ. މި ފިލްމް ގައި އޭނާ ކުޅޭނީ ލީޑް ރޯލު ކަމަށް ވެސް މައުލޫމާތު ލިބެއެވެ.

 

View this post on Instagram

 

A post shared by Preity G Zinta (@realpz)

ޕްރިތީ އެންމެ ފަހުން ކުޅުނު ފިލްމަކީ 2018 ވަނަ އަހަރު ގެނެސްދިން "ބައްޔާޖީ ސުޕަހިޓް" އެވެ. އެ ފިލްމަށް މާ ބޮޑު ތަރުހީބެއް ނުލިބުނެވެ. ޕްރިތީ އެ ފިލްމު ކުޅުނީ ވެސް ގިނަ ދުވަސްތަކެއް ވަންދެން ދާއިރާއާ ދުރުގައި ހުރުމަށް ފަހުގަ އެވެ.

 

View this post on Instagram

 

A post shared by Preity G Zinta (@realpz)

 

ޕްރިތީ ފިލްމީ ދާއިރާއާ ބޮޑަށް ދުރުވީ 2016 ވަނަ އަހަރު އޭނާ އެމެރިކާގެ މީހެއް ކަމުގައިވާ ޖޭން ގުޑްއިނަފް ކައިވެނިކޮށް، ދިރިއުޅުން ލޮސް އެންޖެލަސް އަށް ބަދަލުކުރި ފަހުންނެވެ. ނަމަވެސް، މިފަހުން އޭނާ ވަނީ ވަރަށް ގިނައިން ބޮންބޭ އަށް ދަތުރުކޮށް، ފިލްމީ ދާއިރާގެ އިވެންޓުތަކުގައި ވެސް ބައިވެރިވެފަ އެވެ.

"ވީރް ޒާރާ" އާއި "ކަލް ހޯނާ ހޯ" އަދި "ކޮއި މިލް ގަޔާ" ފަދަ ކާމިޔާބު ފިލްމް ތަކެއް އޭނާ ވަނީ ކުޅެފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.