ޕީޖީ ފެންނަނީ ސަރުކާރުގެ ކުށް ފޮރުވަން އެހީވާ އިދާރާއެއް ގޮތަށް: ޖަމީލް

ޕީޖީ ފެންނަނީ ސަރުކާރުގެ ކުށް ފޮރުވަން އެހީވާ އިދާރާއެއް ގޮތަށް: ޖަމީލް

Author
މުޙައްމަދު ޝަޒައިމް
16 ޑިސެމްބަރ 2020 10:20
0

މިއަދު ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ފެނިގެންދަނީ ސަރުކާރުގެ ކުށް ފޮރުވާން އެހީވާ އިދާރާއެއްގެ ގޮތުގައިކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލު އަދި ކުރީގެ ނައިބް ރައީސް ޑރ.ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި ގުޅިގެން ސަރުކާރުން ހޯދަން ބޭނުންވާކަމަށް ބުނާ ފައިސާތައް މިހާތަނަށްވެސް ނެފެނި މިކަމުގައި އަމަލުކުރަމުންދާ ގޮތަށް ފާޑުވިދާޅުވަމުން ޑރ.ޖަމީލް ވިދާޅުވީ މިމައްސަލާގައި ސަރުކާރުގެ ނިޔަތަކީ ވަކި ބަޔަކު ފަހާދުވުންކަން ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި ރައްުޔިތުންނަށް ސާފު ވެފައިވާކަމަށެވެ. ވެރިކަމަށް ވަޑައިގަތުމަށް ވެފައިވާ ވައުދަކީ ގެއްލިފައިވާ ފައިސާތައް ހޯދުން ކަމަށާއި، ނަމަވެސް ވެރިކަމުގެ ފާއިތުވެދިޔަ ދެ އަަރުގެ ތެރެގައި ހޯދުނީ މީގެ ކޮން ފައިސާއެއްތޯ ޖަމީލް ވަނީ ސުވާލު ކުރައްވާފައެވެ. އަދި މިފަސާއަށް އެންމެބޮޑަށް ޚިޔާނާތްވި ދެ މީހުން މިއަދު ގޭގައި ބައިތިއްބާފައިވަނީ ކޮން ފައިސާއެއް ދައުލަތަށް ލިބިގެންތޯވެސް ޖަމީލު ވަނީ ސުވާލު އުފައްދަވާފައެވެ.

ޖަމީލް މި ސުވާލުތައް އުފައްދަވާފައިވަނީ އިއްޔެ ނިހާންގެ ޕާސްޕޯޓް ހިފެހެއްޓުމާއި ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޖަމީލް ވިދާޅުވީ އެމްއެމްޕީއާރުސީ މައްސަލަޔަކީ އެތައް ބަޔަކު ބައިވެފައިވާ ބޮޑު ޖަރީމާއެއްކަމަށް ވިދާޅުވި ސަރުކާރުން މިމައްސަލަ ސިޔާސީކޮށް މިމައްސަލާގައި ދުވަނީ ވަކި ބައެއްގެ ފަހަތުންކަމަށެވެ. މިކަމުން ހާމަވެގެންދަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަކީ ސަރުކާރުގެ ކުށް ފޮރުވަން އެހީވާ އިދާރާއެއްގެ ގޮތުގައި ކަމަށެވެ.

ސަރުކާރަށް 2 އަހަރުވީއިރު، އެމްއެމްޕީއާރުސީ ފައިސާ ހޯދަން ކުރީ ކޮންކަމެއް؟ އެސްއޯއެފް މެދުވެރިކޮށް ޖަރީމާ ހިންގި 2 މީހުން ގޭގައި ތިބީ ފައިސާ ހަވާލުކޮށްފައިތޯ؟ ދަޢުވާކުރާގޮތުން ފެންނަނީ ވަކި ބަޔަކަށް ޢަމާޒްކުރާތަން. ޕީޖީ ފެންނަނީ ސަރުކާރުގެ ކުށް ފޮރުވަން އެހީވާ އިދާރާއެއް ގޮތަށް!

– ޑރ.ޖަމީލް ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.