"ބިގް ބޮސް 17″ ކާމިޔާބު ކުރީ މުނައްވަރު

"ބިގް ބޮސް 17″ ކާމިޔާބު ކުރީ މުނައްވަރު

Author
ފާތިމަތު ނާވީ
13 ފެބްރުއަރީ 2024 11:21
0

ކަލާސް ޓީވީގެ މަޝްހޫރު ރިއަލިޓީ ޝޯވ "ބިގް ބޮސް"ގެ 17 ވަނަ ސީޒަން، އިންޑިއާގެ ސްޓޭޑް-އަޕް ކޮމީޑިއަން މުނައްވަރު ފާރުގީ ކާމިޔާބުކޮށްފި އެވެ.

ރޭގެ ފިނާލޭގައި އޭނަ ޝޯގެ ޓްރޮފީ އުފުލައިލި އިރު، މުނައްވަރަކީ ކުރިން ވެސް ރިއަލިޓީ ޝޯއެއް ކާމިޔާބުކޮށްފައިވާ ސްޓޭންޑް-އަޕް ކޮމީޑިއަނެކެވެ. އޭނަ ކުރިން ކާމިޔާބުކުރި ޝޯ އަކީ ވެބް ޝޯއެއްގެ ގޮތުގައި ގެނެސްދިން 2022 ގެ "ލޮކް އަޕް" ގެ ފުރަތަމަ ސީޒަނެވެ.

"ބިގް ބޮސް"ގެ 17 ވަނަ ސީޒަން އޭނާ ކާމިޔާބުކުރީ އަންކިތާ ލޮކާންޑޭ އާއި މަންނަރާ ޗޯޕްރާ އާއި އަބީޝޭކް ކުމާރް އަދި އަރުން މަޝެޓީއާ ވާދަކޮށެވެ.

މި ސީޒަން ކާމިޔާބުކުރާނެ ކަމަށް ގިނަ ބަޔަކު ލަފާކުރި އަންކިތާ ދިޔައީ ހަތަރުވަނަ އަށެވެ. ތިންވަނަ އަށް މަންނަރާ ދިޔައިރު، އަރުން ދިޔައީ ފަސްވަނަ އަށެވެ. އަދި ދެވަނަ ލިބުނީ އަބީޝޭކް އަށެވެ.

"ބިގް ބޮސް 17″ ރޭ ނިންމައިލި އިރު، ޖުމްލަ 21 ބައިވެރިންނާ އެކީ މި ޝޯ ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު 15 ގަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.