އިންޑިއާގެ ޖުމުހޫރީ ދުވަސް ފާހަގަ ކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވައިފި

އިންޑިއާގެ ޖުމުހޫރީ ދުވަސް ފާހަގަ ކުރުމަށް ޚާއްސަ ހަފްލާއެއް ބާއްވައިފި

Author
ހުސެއިން
29 ޖެނުއަރީ 2024 11:58
0

އިންޑިއާގެ ޖުމުހޫރީ ދުވަސް ފާހަގަ ކުރުމަށް ރާއްޖޭގައި ޚާއްސަ ހަފްލާއެއް ބާއްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ ރޭ ޖެން ހޮޓެލްގައެވެ.

އިންޑިއާގެ ޖުމުހޫރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް ސާލިހުގެ އިތުރުން ކުރީގެ ރައީސް ވަހީދުއާއި މާލޭ ސިޓީގެ މޭޔަރު އާމްދަ އާޒިމްވެސް ބައިވެރިވެވަޑައިގަތެވެ.

އެހެންނަމަވެސް މި ރަސްމިއްޔާތަށް ރައީސް މުއިއްޒުގެ އިތުރުން ޚާރިޖީ ވަޒީރު މޫސާ ޒަމީރުވެސް ވަޑައިގެންފައެއް ނުވެއެވެ. ރައީސްއާއި ޚަރިޖީ ވަޒީރު މި ރަސްމިއްޔާތަށް ވަޑައި ނުގެންނެވީ ކޮން ސަބަބަކާހެދި ކަމެއް ސާފުވެފައެއް ނުވެއެވެ. ރޭހގެ ރަސްމިއްޔާތުން ސަރުކާރުގެ ސިޔާސި އިސް އެހެން ބޭފުޅުންވެސް ފެނިފައެއް ނުވެއެވެ.

އިންޑިއާގެ ޖުމުހޫރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތަށް ރައީސްއާއި ޚާރިޖީ ވަޒީރު ވަޑައިގެންފައި ނުވާއިރު، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މައްސަލާގައި ދެގައުމުގެ ގުޅުންވަނީ ވަރަށް ބޮޑަށް ގޯސްވެފައިކަން ފާހަގަ ކޮށްވެއެވެ.

ރޭގެ ރަސްމިއްޔާތަށް ރައީސް ސާލިހު ވަޑައިގެންނެވިއިރު، ރައީސް ސާލިހުއަކީ އިންޑިއާއި ވަރަށް ގާތް ގުޅުމެއް ބެހެއްޓެވި ވެރިއެކެވެ. އެމަނިކުފާނުގެ ދައުރުގައި އިންޑިއާއިން ރާއްޖޭގައި ތަރައްގީގެ ބޮޑެތި މަޝްރޫޢުތަކެއް ފަށާފައިވެއެވެ. އަދި މިހާރުވެސް ބިނާ ކުރެވެމުންދާ ވިލިމާލެ ބްރިޖްއަކީ ރައީސް ސާލިހުގެ ދައުރުގައި އިންޑިއާގެ އެހީތެރިކަމާއެކު ފެށި ތަރައްގީގެ ބޮޑު މަޝްރޫއެއްކަން ފާހަގަ ކޮށްލެވެއެވެ.

އިންޑިއާގެ ޖުމުހޫރީ ދުވަހަކީ އިންޑިއާގެ ޒަމާނީ ގާނޫނު އަސާސީއަށް 1950 ވަނަ އަހަރުގެ ޖެނުއަރީމަހުގެ 26 ވަނަ ދުވަހު އަމަލުކުރަން ފެށުން އެގައުމުން ފާހަގަކުރާ މުނާސަބާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.