ބެލުންތެރިންގެ މެދުގައި މަޝްހޫރު ރިއަލިޓީ ޓީވީ ޝޯވ "ބިގް ބޮސް" ގެ 17 ވަނަ ސީޒަން މިހާރު މި ވަނީ ނިމުކަަށް އައިސްފައިއެވެ.
މި ސިލްސިލާގެ 17 ވަނަ ސީޒަންގެ ފައިނަލިސްޓުން ހޮވައި މިރޭ ގްރޭންޑް ފިނަލޭ ގެނެސްދޭން މިހާރު ނިންމައި އަންނަނީ ޕްރޮމޯވެސް ދައްކަމުންނެވެ. ވަރަށް ވާދަވެރިކޮން ކުރިއަށް ދާ މި ޝޯވގެ ވިނާ އަކީ ކާކުތޯ މީ މިހާރު އެންމެވެސް ކުރާ އެންމެ ބޮޑު ސުވާލެވެ.
ސަލްމާން ހާން ހޮސްޓުކުރާ މި ޝޯގެ 17 ވަނަ ސީޒަން ދައްކަން ފެށީ މިދިޔަ އަހަރު އޮކްޓޯބަރު 15 ގަ އެވެ. މި ސީޒަން ވެސް ދިޔައީ ވަރަށް ވާދަވެރިކޮށެވެ. މި ސީޒަން ފެށި އިރު 21 ބައިވެރިން ތިއްބެވެ.
ފިނަލޭ އެޕިސޯޑް ފަށާނީ ރާއްޖެ ގަޑިން ހަވީރު 5:30 ގަ އެވެ. ނަމަވެސް ޝޯވ ދިގުދެމިގެން ގޮސް އެއްވަނަ ގެނެސްދެވޭ ވަރު ވާނެ ކަމަށް ވަނީ މިރޭ ދަންވަރު 12 ޖަހާއިރުއެވެ. 5 ބައިވެރިން ވާދަ ކުރާ މިރޭގެ ޝޯވ ގައި އެއްބަނަ ބައިވެރިއާ އެނގިގެން ދާނެއެވެ.
ކޮމެންޓު ފޮނުވާ