ފުވައްމަލުގައި މޫދަށް އެރުނު ޒުވާނަކު ގެނބިގެން މަރުވެއްޖެ

ފުވައްމަލުގައި މޫދަށް އެރުނު ޒުވާނަކު ގެނބިގެން މަރުވެއްޖެ

Author
އަހުމަދު
28 ޖެނުއަރީ 2024 10:09
0

ފުވައްމުލަކުގައި މޫދަށް އެރި އުޅުނު ޒުވާނަކު މިއަދު ގެނބިގެން މަރުވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 7:30 ހާއިރު ފުވައްމުލަކުގައި މޫދަށް އެރި އުޅެނިކޮށް ގެނބިގެން މަރުވެފައި ވަނީ 23 އަހަރުގެ ދިވެއްސެއް ކަމަށެވެ. ފުވައްމުލަކު ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަކަށް ގެނައި އިރުވެސް މަރުވެފައިވާ ކަމަށެވެ. 

މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.