ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ: އިތުރަށް ވޯޓު އެޅުމުގެ ސަބަބުން ގައްދޫ ދާއިރާގެ ނަތީޖާ އިއުލާން ނުކުރެވުނު

ޕީޕީއެމް ޕީއެންސީގެ ޕްރައިމަރީ: އިތުރަށް ވޯޓު އެޅުމުގެ ސަބަބުން ގައްދޫ ދާއިރާގެ ނަތީޖާ އިއުލާން ނުކުރެވުނު

Author
ހުސެއިން
27 ޖެނުއަރީ 2024 10:47
0

މިއަދު ބޭއްވުނު ޕީޕީއެމް ޕީއެންސީގެ މަޖިލިސް ޕްރައިމަރީ ވޯޓު ގައި މާލޭގައި ބެހެއްޓި ގައްދޫ ދާއިރާގެ ވޯޓު ފޮއްޓަށް އިތުރަށް ވޯޓު އެޅުމުގެ ސަބަބުން އެދާއިރާގެ ޕްރައިމަރީގެ ނަތީޖާ އިއުލާން ކުރެވޭ ގޮތެއް ނުވިއެވެ.

ގައްދޫއިން "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދިން ފަރާތަކުން ކިޔައިދިން ގޮތުގައި، އެދާއިރާއަށް ވާދަކުރި ކެނޑިޑޭޓުންގެ ތެރެއިން އެންމެ ކުރީގައި ވާދަކޮށްފައިވަނީ އަހުމަދު ޝަހުބާދުއާއި މުހައްމަދު ޝަފީގު ކަމުގައެވެ. އެގޮތުން ގައްދޫގައި ބެހެއްޓުނު ފޮށިތަކުން ޝަހުބާދު ކުރި ހޯއްދެވިއިރު އެ ދާއިރާގެ ވާދޫގައި ބެއްހެއްޓި ފޮށިން ކުރި ހޯދާފައިވަނީ މުހައްމަދު ޝަފީގުއެވެ. އެހެންނަަމަވެސް އެދާއިރާގެ މާލޭގައި ބެހެއްޓި ފޮށިން 286 ވޯޓު މުހައްމަދު ހޯދިއިރު ހަމަ އެ ފޮށިން ޝަހުބާދުއަށް ލިބިފައިވަނީ 140 ވޯޓެވެ. އަދި މުޅި ދާއިރާގެ ވޯޓު ގުނާ ނިމުނުއިރު މުހައްމަދު ޝަފީގު 30 ވޯޓުން ކުރީގައި އުޅުނު ނަމަވެސް، ވޯޓަރސް ލިސްޓުގައި ތިބި މީހުންނަށްވުރެ އިތުރަށް 47 ވޯޓު އެ ފޮއްޓަށް ވޯޓު އަޅާފައިވާކަމަށްވެސް "ޚަބަރު އޮންލައިން"އާއި މައުލޫމާތު ހިއްސާކުރި ފަރާތުން ކިޔައިދީފައި ވެއެވެ.

އެހެންކަމުން ވޯޓުގެ ނަތީޖާ އަދިވެސް އިއުލާން ކުރެވިފައި ނުވާކަމަށްވެސް މައުލޫމާތު ދިން ފަރާތުން ވިދާޅުވިއެވެ.

މިއަދު ބޭއްވުނު ޕީޕީއެމް/ޕީއެންސީގެ ޕްރައިމަރީގައި ބައެއް ވޯޓު ފޮށިތަކުގެ ނަތީޖާ އިއުލާން ނުކުރެވި ވިނަމަވެސް، ގިނަ ދާއިރާތަކުގެ ވަގުތީ ނަތީޖާ މިހާރުވަނީ އިއުލާން ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.