މަޖިލިސް އިންތިޚާބުން މަދުވެގެން 62 ގޮނޑި ކާމިޔާބުކުރާނަން: ރައީސް

މަޖިލިސް އިންތިޚާބުން މަދުވެގެން 62 ގޮނޑި ކާމިޔާބުކުރާނަން: ރައީސް

Author
ހުސެއިން
27 ޖެނުއަރީ 2024 04:02
0

ކުރިޔަށް އޮތް ރައްޔިތުންހެ މަޖިލިސް އިންތިޚާބުން މަދުވެގެން 62 ގޮނޑި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކާމިޔާބުކުރާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅުބެއްޖެއެވެ.

ރައީސް މުއިއްޒު މިހެން ވިދާޅުވީ މިއަދު ހެނދުނު ފެށިގެން ކުރިއަށްދާ ޕީޕީއެމް/ޕީއެންސީގެ މަޖިލިސް ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާ ގޮތް ބައްލަވައިލެއްވުމަށް ހެންވޭރު ދަނޑަށް ކުރެއްވި ޒިޔާރަތަށްފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުންނެވެ.

މި ޒިޔާރަތުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީރައީސް ވިދާޅުވީ ދެ ޕާޓީ ދަފުތަރުގައިވާ 71،000 މީހުން މިއަދު ވޯޓު ލާއިރި މި ޕްރައިމަރީގައި 283 ކެނޑިޑޭޓުން ވާދަކުރަމުން ފާކަމުގައެވެ. އަދި ވޯޓުލުން ކުރިޔަށް ދަނީ ވަރަށް ފޯރީގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި ރައީސް ވިދާޅުވީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައީ ޕީޕީއެމް/ޕީއެންސީއަށް މަޖިލިހުގެ ސުޕަރ މެޖޯރިޓީ ލިބިގެންދާނެ ކަމުގައެވެ.

އިރާދަކުރެއްވިއްޔާ މަޖިލިސް އިންތިޚާބުގައި ސުޕަ މެޖޯރިޓީ ނަގާނަން. މަދުވެގެން 62 ގޮނޑި ކާމިޔާބުކުރާނަން އިރާދަކުރެއްވިއްޔާ.

ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އުއްމީދަކީ މިއަދުގެ ޕްރައިމަރީން ބަލިވާ ކެނޑިޑޭޓިން މޮޅުވާ ކެނޑިޑޭޓުންގެ ފަހަތަށް އަރާ އެކަތިގަޑެއްގެ ގޮތުގައި މަސައްކަތް ކޮށް މަޖިލިސް އިންތިޚާބު ކޯލިޝަނަށް ކާމިޔާބު ކުރުން ކަމުގައެވެ.

އަދި މިއަދުގެ ޕްރައިމަރީ ހިނގަމުންދަނީ ޖުމްލަ ގޮތެއްގައި ސުލްހަވެރިކޮށް ކަމަށާއި، ކުޑަކޮށް ނުތަނަވަސްކަން އުފެދުނު ތަންތަނުގައި އެކަންކަންވެސް މިހާރު ހައްލުކުރެވިގެން ސުލްހަވެރިކަމާއެކު ހިނގަމުންދާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.