ދިވެހި ޅެން ބަހުރުވަ ބޭނުން ކޮށްގެން ނަފްސާނީ ބައްޔަށް ފަރުވާ ކުރަން ފަށަނީ

ދިވެހި ޅެން ބަހުރުވަ ބޭނުން ކޮށްގެން ނަފްސާނީ ބައްޔަށް ފަރުވާ ކުރަން ފަށަނީ

Author
ހުސެއިން
27 ޖެނުއަރީ 2024 11:14
0

ދިވެހި ޅެން ބަހުރުވަ ބޭނުން ކޮށްގެން ނަފްސާނީ ބައްޔަށް ފަރުވާ ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ދިވެހި ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމަށް ގދ. ތިނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުންނެވެ.

މި ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ނަސީރު ވިދާޅުވީ ޅެން ބޭނުންކޮށްގެން ނަފްސާނީ ކަންކަމަށް ފަރުވާ ދިނުމަކީ ކުރިއަރާފައިވާ ދުނިޔޭގެ ވަރަށް ގިނަ ތަންތަނުގައި ކުރެވޭ ކަމެއް ކަމަށާއި މިކަން ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ކުރެވިދާނެތޯ ބެލުމުގެ މަސައްކަތް އެ މިނިސްޓްރީން ކުރަމުންދާ ކަމަށެވެ.

ދިވެހި ޅެން ބޭނުންކޮށްގެން ނަފްސާނީ މި ދަންނަވާ ފަރުވާ ދެވޭނެ ގޮތްތަކަކީ ކޮބައިތޯ ބަލައި އެކަން ތައާރަފް ކުރެވޭތޯ، އެ މަސައްކަތް އެބަ ކުރަމު. އެކަން އަޅުގަނޑުމެންނަށް ކާމިޔާބު ވެއްޖެނަމަ ދިވެހި ޅެމަށް އަނެއްކާވެސް އެހެން ޖާގައެއް، އެހެން ދަރަޖައެއް އެ ލިބުނީ.

ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިމަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދެމުންދާ ފަރާތްތަކަށް އެއީ ކުރެވިދާނެކަމެއް ކަމަށް ބުނަމުންދާ ކަމުގައެވެ. އޭނާ ވިދާޅުވީ މިއީ ކުރަންޖެހިފައި އޮތްކަމެއް ކަމަށާއި، މިނިސްޓްރީން މަސައްކަތް ކުރަމުންދަމީ ކައިރި މުސްތަގުބަލެއްގައި މިކަމަށް އަމަލީ ސިފައެއް ގެނައުމަށް ކަމުގައެވެ.

މީގެއިތުރުން ޅެމަކީ އޭގެއިން ސިއްހީ ފަރުވާ ދެވޭ ވަސީލަތެއް ކަމަށާއި އަދި ޅެންތައް ބޭނުންކޮށްގެން ނަފްސާނީ ބަލިތައް ތަހައްމަލުކުރާ މީހުންނަށް އުފާވެރިކަން ގެނެސްދީ، ފިކުރުތަކާއި ދުރުކުރެވިދާނެކަން ދިރާސާތަކުން ދައްކާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.