ކައިވެނި ކޮށްގެން އުޅުން އިރުގައިވެސް ޝޯއެބްގެ އެފެއާ ތަކުގެ ސަބަބުން ސާނިއާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިކަމަށް މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.
އިންޑިއާގެ މަޝްހޫރު ޓެނިސް ކުޅުންތެރިއާ ސާނިއާ މިރްޒާ އާއި ޕާކިސްތާންގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިއާ ޝޯއެބް މާލިކް ކައިވެނި ކުރީ 2010 ވަނަ އަހަރުގެ އެޕްރިލް 12 ވަނަ ދުވަހުގައިއެވެ. އަދި އެކައިވެނިން އެމީހުންނަށް ވަނީ ފިރިހެން ކުއްޖެއް ލިބިފައިއެވެ.
ނަމަވެސް މި މަހުގެ 20 ވަނަ ދުވަހުގައި އެންމެން ނަށް ހައިރާންކަން ލިބުނީ ޕާކިސްތާންގެ މަޝްހޫރު ބަތަލާ ސަނާ ޖޭވެދް އާއި ޝޯއެބްގެ ކައިވެނީގެ ހަބަރާއި އެކުގައިއެވެ. އެއާއި އެކުގައި މީގެ ދުވަސްގަނޑެއް ކުރިން މީޑިއާގައި ދެކެވެމުން އަންނަ ވާހަކައިގެ ތެދު ދޮގު ސާފުވެގެން ދިއައެވެ.
ސާނިއާ އާއި ޝޯއެބްގެ ކައިވެނީގައި މައްސަލަ ޖެހި ގެން އުޅޭވާހާކަ ދޭތެރެ ދޭތެރެއިން މީޑިއާއިން ފެންމަތި ކުރެއެވެ. އަދި އެދެމީހުން ވަކިން އުޅެން ފެށިކަންވެސް ވަނީ މީޑިއާއިން ތިލަކޮށްފައިއެވެ. އަދި ކައިވެނީގައި މައްސަލަ ޖެހި ދެމީހުން ވަކިވާ ހިސާބަށް ގޮސްފައިވާކަމަށްވެސް މީޑިއާއިން މީގެ ކުރިން ވަނީ ރިޕޯޓް ކޮށްފައިއެވެ.
މީޑީއާތަކުން އިނގިލި ދިއްކޮށްފައިވަނީ ޝޯއެބްގެ ނާޖާއިޒް ގުޅުން ތަކަށެވެ. މީޑިއާއިން ބުނެފައިވަނީ ޝޯއެބް އަކީ ބޭވަފާތެރިއެއް ކަމަށެވެ. ސާނިއާ އާއި ކައިވެނި ކޮށްގެން އުޅެމުން ވެސް އޭނާ ދިއައީ ގިނަ އެފެއާ ތަކެއް ހިންގަމުން ކަމަށް ބުނެފައިއެވެ. އަދި މި ގުޅުންތަކުގެ ސަބަބުން ސާނިއާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށްވެސް ވަނީ ބުނެފައިއެވެ.
ކޮމެންޓު ފޮނުވާ