މިހާރު ސޯޝަލް މީޑީއާގައި އެންމެ ގަދައަށް ދެކެވެމުން އަންނަ އެއް ވާހަކަ އަކީ ޕާކިސްތާންގެ ކުރިކެޓް ކުޅުން ތެރިއާ ޝޯއެބް މާލިކް އާއި ޕާކިސްތާންގެ މަޝްހޫރު ބަތަލާ ސަނާ ޖާވެދް ގެ ކައިވެނީގެ ވާހަކައެވެ.
މި ކައިވެނި ކުރެވިގެން ދިއައީ މިމަހުގެ މިމަހުގެ 20 ވަނަ ދުވަހުގައި ވަރަށް ޕްރިވެޓް ހަފްލާއެއްގައިއެވެ. މި ކައިވެނި ކުރެވިގެން ދިއައީ ސަނާގެ ގޭގައިއެވެ. ނަމަވެއް މީހުން ކައިވެނި ކުރިކަން ވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާ ކޮށްފައިއެވެ.
މި ކައިވެނި ވެގެން ގޮސްފައިވަނީ ގިނަ ބަޔަކަށް ވަރަށް ހައިރާން ކުރުވަނިވި ހަބަރަކަށެވެ. އެއީ ސަނާ އާއި ލަވަކިޔުންތެރިއާ އުމެއިރް ޖެއިސްވާލް ގެ ކައިވެނި ނިމުމަކަށް އައިސްފައިވާކަން ގިނަ ބަޔަކަށް އެނގުނު ދުވަސްވެސް މެއެވެ. އެމީހުން ވަރިވެފައިވާ ކަން އެއީ ގިނަ ބަޔަކަށް އެނގޭ ވާހަކައެއް ނޫނެވެ.
ސަނާ އާއި އުމެއިރް ކައިވެނި ކުރީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 20 ވަނަ ދުވަހުގައިއެވެ. އަދި އެކައިވެނި ނިމުމަކަށް އައީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގައިއެވެ.
ނަމަވެސް މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ސަނާ އާއި ޝޯއެބް ކައިވެނި ކުރީ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ 3 އަހަރެއްހައި ދުވަހަށް ފަހުގައި ކަމަށެވެ. އެހެން ވެއްޖެ ނަމަ މާނައަކީ ސަނާ އުމެއިރް އާއި ކައިވެނި ކޮށްގެން އުޅުނު އިރުގައި ވެސް އެމީހުންގެ އެފެއާ ކުރިއަށް ދާ ކަމަށެވެ. އަނެއް ކޮޅުން އޭރު ޝޯއެބް ވެސް އުޅުނީ ސާނިއާ މިރްޒާ އާއި ކައިވެނި ކޮށްގެންނެވެ. އެމީހުން މިހާތަނަށް ވަރިވެފައިވާ ކަން އަދި ކަށަވަރު ނުވެއެވެ.
ކޮމެންޓު ފޮނުވާ