ޕާކިސްތާންގެ މަޝްހޫރު ބަތަލާ ސަނާ ޖާވެދް އާއި ޕާކިސްތާންގެ ކުރީގެ ކުރިކެޓް ކުޅުންތެރިއާ ޝޯއެބް މާލިކް ގެ ލޯބީގެ ފެށުމަކީ މީގެ ތިން އަހަރު ކުރިން އެމީީހުން އެކުގައި ބައިވެރިވި ޝޯވ "ޖިއޯ ޕާކިސްތާނީ" ކަމަށް މީޑީއާއިން ބުނެފިއެވެ.
މި ޝޯވ އަކީ ވަރަށް ކާމިޔާބު ޝޯއެކެވެ. މި ޝޯވ ގެ ހޯސްޓަކީ ޕާކިސްތާންގެ މަޝްހޫރު އެކްޓަރު/ ޕްރޮޑިއުސަރު ފަހަދް މުސްތަފާއެވެ. މީޑިއާއިން ބުނީ އެޝޯވ އަކީ އެމީހުންގެ ފުރަތަމަ ބައްދަލު ވުން މަކަށެވެ. އަދި ޝޯވ އަށް ފަހު ދެމީހުން ފޯނު ނަންބަރު ބަދަލު ކުރެވި އެގުޅުން ފެށުނީ ކަމަށެވެ.
އެ ޝޯވ އެއްގައި ސާނިއާ ބައިވެރި ވި އިރުގައި އޭނާ އަކީ ލަވަކިއުންތެރިއާ އުމެއިރް ޖެސްވާލްގެ އަންހެނުންނެވެ. އަދި ޝޯއެބް އަކީ އިންޑިއާގެ މަޝްހޫރު ޓެނިސްކުޅުންތެރިއާ ސާނިއާ މިރްޒާގެ ފިރިމީހާއެވެ.
ސާނިއާ އާއި ހަވާލާ ދީ މިފަހުން މީޑިއިން ބުނެފައިވަނީ އެ ޝޯވ އަށް ފަހު އިތުރު ޝޯވ އަަށް ދިއުމަށް ޝޯއެބް އަށް ފުރުސަތު ލިބުމުން ޝޯވ ގެ ޕްރޮޑިއުސަރު ގާތުގައި އާދެސް ކޮށްގެން ސަނާ އެ ޝޯވ ގައި ބައިވެރި ކުރުވިކަމަށެވެ.
މި ނޫނަސް ޝޯއެބް ގެ ނާޖާއިޒް ގުޅުން ތަކާއި ހެދި ސާނިއާ ހުރީ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައި ކަމަށް މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައިއެވެ. ޝޯއެބް މީގެ ކުރިން ވަނީ އައިޝާ ސިއްދީގީ ކިޔާ މީހަކާއި ކައިވެނި ކޮށްފައިއެއެވެ. އެކައިވެނި ނިމުމަކަށް އައީ 2010 ވަނަ އަހަރުގައިއެވެ. އެއަހަރު ޝޯއެބް ކައިވެނި ކުރީ ސާނިއާ އާއިއެވެ. އަދި އެކައިވެނިން އެމީހުންނަށް ވަނީ ފިރިހެން ކުއްޖެއް ލިބިފައިއެވެ.
ކޮންމެ އަކަސް ތިން އަހަރެއްހައި ދުވަހު ރައްޓެހިވެގެން އުޅުމަށްފަހު ސަނާ އާއި ޝޯއެބް ކައިވެނި ކުރީ މިމަހުގެ 20 ވަނަ ދުވަހުގައި ސަނާގެ ގޭގައި ބޭއްވި ވަރަށް ޕްރައިވެޓް ހަފްލާއެއްގައިއެވެ.
ކޮމެންޓު ފޮނުވާ