ފަރަންސޭސިވިލާތާއި ޔޫއޭއީގެ ވައިގެ ސިފައިންނާއެކު އިންޑިއަން އެއަރޕޯސްއިން އަސްކަރީ ތަމްރީންތައް ފަށައިފި

ފަރަންސޭސިވިލާތާއި ޔޫއޭއީގެ ވައިގެ ސިފައިންނާއެކު އިންޑިއަން އެއަރޕޯސްއިން އަސްކަރީ ތަމްރީންތައް ފަށައިފި

އިންޑިއާގެ ވައިގެ އަސްކަރިއްޔާއިން ފްރާންސްގެ އެއާ އެންޑް ސްޕޭސް ފޯސް (އެފްއޭއެސްއެފް) އާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ވައިގެ އަސްކަރިއްޔާއާ އެކު އަސްކަރީ ތަމްރީންތަކެއް "ޑެޒާޓް ނައިޓް"ގެ ނަމުގައި ކުރިޔަށް ގެންގޮސްފިއެވެ.

ޑިފެންސް މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި މި އަސްކަރީ ތަމްރީންތައް ކުރިޔަށް ގެންގޮސްފައިވަނީ ޖެނުއަރީ މަހުގެ 23-24 އަށެވެ.

މި އަސްކަރީ ތަމްރީންތަކުގައި ފްރާންސްގެ ވައިގެ އަސްކަރިއްޔާއިން ރަފާލް ހަނގުރާމަމަތީ މަތިންދާބޯޓާއި މަލްޓި ރޯލް ޓްރާންސްޕޯޓް ޓޭންކަރާއެކު ބައިވެރިވިއިރު، ޔޫއޭއީގެ ވައިގެ އަސްކަރިއްޔާއިން ވަނީ އެފް-16 ފައިޓަރ ޖެޓްތައް މި ތަމްރީންތަކުގައި ބައިވެރި ކޮށްފައެވެ. މި ފައިޓަރ ޖެޓްތައް އުދުއްސާލާފައިވަނީ ޔޫއޭއީގެ އަލް ދަފްރާ އެއާ ބޭސް އިންނެވެ.

އައިއޭއެފް (އިންޑިއަން އެއަރ ފޯސް)ގެ ކޮންޓިންޖެންޓުގައި އެސްޔޫ-30 އެމްކޭއައި، މިގް-29، ޖަގުއާ، އޭޑަބްލިއުއޭސީއެސް، ސީ-130-ޖޭ އަދި އެއާ ޓު އެއާ ރިފިއުލާ އެއާކްރާފްޓް ހިމެނެ އެވެ. މި އެކްސަސައިޒް ކުރިއަށް ގެންގޮސްފައިވަނީ އަރަބި ކަނޑުގައި ކަމަށާއި އިންޑިއާގެ އެތެރޭގެ ބޭސްތަކުން އައިއޭއެފް (އިންޑިއަން އެއަރ ފޯސް)ގެ މަތިންދާބޯޓުތައް އޮޕަރޭޓް ކޮށްފައިވާ ކަމަށް އިންޑިއާގެ ޑިފެންސް މިނިސްޓްރީން ބުނެފައި ވެއެވެ.

"އެކްސަސައިޒް ޑެޒަރޓް ނައިޓް" މައިގަނޑު ގޮތެއްގައި އަމާޒުކޮށްފައިވަނީ ތިން ޤައުމުގެ ވައިގެ ސިފައިންގެ މެދުގައި ގުޅުން ބަދަހިކުރުމާއި އިންޓަރއޮޕަރަބިލިޓީ އިތުރުކުރުމަށެވެ. އިންޑިއާގެ ޑިފެންސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައި ވަނީ މި އެކްސަސައިޒްގައި ބައިވެރިވި ފަރާތްތަކުގެ މެދުގައި އޮޕަރޭޝަނަލް ނޮލެޖް، ތަޖުރިބާ އަދި ބެސްޓް ޕްރެކްޓިސްތައް ބަދަލުކުރުމަށް މަގުފަހިވެގެން ދިޔަ ކަމަށެވެ.

މިފަދަ ތަމްރީނުތަކަކީ އިންޑިއާގެ ވައިގެ އަސްކަރިއްޔާގެ ހުނަރު ދައްކުވައިދިނުމުގެ އިތުރުން މި ސަރަހައްދުގައި ޑިޕްލޮމެޓިކް އަދި އަސްކަރީ ގުޅުންތައް އިތުރުވަމުންދާކަން ދައްކުވައިދޭ ތަމްރީނުތަކެއް ކަމަށްވެސް އިންޑިއާއިން ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *