ގދ.ތިނަދޫ ކުނިގޮނޑުގައި ރޯވި އަލިފާން ތިނަދޫ ފަޔަރ ސްޓޭޝަނުން ކޮންޓްރޯލްކޮށްފި

ގދ.ތިނަދޫ ކުނިގޮނޑުގައި ރޯވި އަލިފާން ތިނަދޫ ފަޔަރ ސްޓޭޝަނުން ކޮންޓްރޯލްކޮށްފި

Author
ހުސެއިން
26 ޖެނުއަރީ 2024 10:12
0
ގދ.ތިނަދޫ ކުނިގޮނޑުގައި ރޯވި އަލިފާން، އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން ކޮންޓްރޯލްކޮށްފިއެވެ.
އެމްއެންޑީއެފްއިން ބުނެފައިވަނީ ގދ.ތިނަދޫ ކުނިގޮނޑުގައި ރޯވެ، އެ ސަރަހައްދުގައި ހުރި ގެތަކަށް ދުމުގެ އަސަރުކުރަމުންދާކަމުގެ މަޢުލޫމާތު މިރޭ 19:36 ހާއިރު އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ގދ.ތިނަދޫ ފަޔަރ ސްޓޭޝަނަށް ލިބުމާއެކު، އެ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް، އަލިފާން ނިވުމުގެ މަސައްކަތް ކޮށްފައިވާ ކަމުގައެވެ.
މިގޮތުން ގދ.ތިނަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވަނީ މިރޭ 21:10 ހާއިރުކަމަށްވެސް ބުނެފައި ވެއެވެ.
މި ހާދިސާގައި އެެއްވެސް މީހަކަށް އަނިޔާއެއް ލިބިނުކަމުގެ މަޢުލޫމާތު ލިބިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.