ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ދެ މަސް ބޯޓެއް ހިފަހައްޓައިފި

ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ދެ މަސް ބޯޓެއް ހިފަހައްޓައިފި

Author
ހުސެއިން
26 ޖެނުއަރީ 2024 07:41
0

ގާނޫނާ ހިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެ އުޅުނު ބޭރުގެ ދެ ބޯޓެއް  އެމްއެންޑީއެފް ކޯސްޓްގާޑުން ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފްއިން ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށްބެލެވޭ ބޭރުގެ 2 މަސް ބޯޓެއް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައި ވާކަމަށެވެ.

މި ބޯޓުތަކާބެހޭ އިތުރު މައުލޫމާތެއް އެމްއެންޑީއެފްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.