ޗެއާމަން ހިމެނޭގޮތުން ކުންފުނީގެ ނޮން އެގްޒެކެޓިވް މެންބަރުން ވަކިކުރިޔަސް ޚިދުމަތަށް ބުރުލެއް ނާރާނެ: ބީއެމްއެލް

ޗެއާމަން ހިމެނޭގޮތުން ކުންފުނީގެ ނޮން އެގްޒެކެޓިވް މެންބަރުން ވަކިކުރިޔަސް ޚިދުމަތަށް ބުރުލެއް ނާރާނެ: ބީއެމްއެލް

Author
ހުސެއިން
26 ޖެނުއަރީ 2024 11:50
0

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޗެއާމަން ހިމެނޭ ގޮތަށް އެ ކުންފުނީގެ ފަސް ނޮން އެގްޒެކެޓިވް ޑައިރެކްޓަރަކު ކުއްލި ގޮތަކަށް މަގާމުން ވަކިކުރި ނަމަވެސް ޚިދުމަތްތަކަށް ބުރޫ ނާރާނެކަމަށް ބޭންކު އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ސަރުކާރު ހިއްސާވާ، ދައުލަތުގެ ބޭންކު ކަމުގައިވާ ބީއެމްއެލް ބޯޑުގެ އެގްޒެކެޓިވް މެމްބަރުންގެ ތެރެއިން ފަސް މެމްބަރަކު ވަކި ކޮށްފައިވާ ކަން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބީއެމްއެލް އަށް އަންގާފައިވަނީ އިއްޔެއެވެ. ބީއެމްއެލް ބޯޑުގައި އިއްބަވާ 10 މެންބަރުންގެ ތެރެއިން ވަކި ކޮށްފައިވަނީ ވަކިކުރެއްވީ ނޮން އެގްޒެކްޓިވް 5 މެންބަރުންނެވެ.

ބީއެމްއެލްގެ ޑިރެކްޓަރުގެ ބޯޑުން ވަކިކޮށްފައިވަނީ ޗެއާމަން ޔޫޝާއު ސައީދާއި ބޯޑު މެމްބަރުން ކަމަށްވާ ޖުވޭރިޔާ ސައީދާއި އަބްދުﷲ ހަސަނާއި އައިޝަތު ސަޖުނީ އާއި އަބްދުﷲ ހުޝާމު ޝަރީފެވެ.

10 މެންބަރުން ތިއްބަވާ ބީއެމްއެލް ބޯޑުން ވަކި ނުކުރައްވަނީ އެގްޒެކެޓިވް މެމްބަރުންގެ ގޮތުގައި ތިއްބެވި މެނޭޖިން ޑިރެކްޓަރު ކާލް ސްޓުމަކް އާއި އައިޝަތު ނޫރައްދީނެވެ. ދެން ތިއްބަވާނީ ހިއްސާދާރުންގެ ތެރެއިން އިންތިހާބުކޮށްފައިވާ ތިން މެމްބަރުންނެވެ. އެހެންކަމުން މިވަގުތު ބޯޑުގައި ތިއްބަވާނީ 5 މެންބަރުންނެވެ.

ބީއެމްއެލް ބޯޑަށް އަލުން މެންބަރުން އައްޔަން ކުރަން އާންމު ހިއްސާދާރުންނާއެކު އެ ކުންފުނީގެ އާންމު ޖަލްސާއެއް ބާއްވަން ޖެހޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.