މާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލައިފި

މާލޭގައި ތޫނުއެއްޗަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލައިފި

Author
ހުސެއިން
25 ޖެނުއަރީ 2024 08:35
0

މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަޚަމް ކޮށްލައިފިއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވޯޑިއޯއަކުން ފެންނަ ގޮތުގައި، ހަމަލާ ދީފައިވަނީ އަނިޔާވި މީހާގެ ބޮލަށެވެ. އަދި ހަމަލާގެ ސަބަބުން އޭނާ ބޮލުން ވަރަށް ބޮޑަށް ލޭފައިބައިފާވެސް ވެއެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އަނިޔަވި މީހާވަނީ ފުލުހުން އެހީގައި ހޮސްޕިޓަކަށް ގެންގޮސްފައެވެ.

ފުލުހުން ވިދާޅުވީ މުތީ ގޯޅީގައި ބިދޭސީއަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާކަމަށް ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ މިރޭ 19:26 ހާއިރު ކަމަށެވެ.

އަދި އަނިޔާވި ފިރިހެން މީހާއަށް ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ގެންގޮސްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގައި ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.