ބިދޭސީންނާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރި ޒުވާނާއަށް، މައްސަލަ ހައްލުކުރަން އުފައްދާ ޓާސްކްފޯހުން ފުރުސަތު ދެނީ

ބިދޭސީންނާއި ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރި ޒުވާނާއަށް، މައްސަލަ ހައްލުކުރަން އުފައްދާ ޓާސްކްފޯހުން ފުރުސަތު ދެނީ

Author
ހުސެއިން
25 ޖެނުއަރީ 2024 08:22
0

ރާއްޖޭގައި ބިދޭސީން ގިނަވެ، އެކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ފާޅުކުރަމުން އައި ޒުވާނަކަށް، ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އުފައްދާ ޓާސްކް ފޯހުން ޖާގަ ދޭނެކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އަލީ އިހުސާން މިއަދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ހަސަން ޝަރީފް ނަމަކަށް ކިޔާ އެޒުވާނާއާއި އޭނާ ބައްދަލު ކޮށްފައިވާ ކަމަށާއި، އެ ޒުވާނާވެސް ފާޅުކުރަމުން އަންނަނީ ބިދޭސީންގެ މައްސަލަތަކުގައި، ރައީސް މުއިއްޒުގެ އިރުޝާދުގެ މަތިން ހައްލުކުރުމަށް އޭނާވެސް މަސައްކަތް ކުރައްވަމުން ގެންދަވާ މައްސަލަތައް ކަމުގައެވެ.

ހަސަން ޝަރީފް އަންނަނީ ރާއްޖެއަށް ކުރިމަތިވެފައިވާ ބިދޭސީންގެ މައްސަލަތަކާއި ގުޅޭގޮތުން ޓިކްޓޮކްގައި ވީޑިއޯ ހަދާ އާންމު ކުރަމުންނެވެ. އެގޮތުން އޭނާ ބުނާ ގޮތުގައި ރާއްޖޭގެ ފަޅުރަށްރަށާއި މަސްދޯނިތަކާއި ވިޔަފާރިތައް ވެސް ބިދޭސީންގެ އަތްމަތީގައެވެ. އެގޮތުން އޭނާ ބުނެފައިވަނީ ގައުމުގެ %99 ވިޔަފާރި މިހާރު ހުރީ ބިދޭސީންގެ އަތްމަތީގައެވެ.

އިހުސާންގެ އެކްސް ޕޯސްޓުގައި އޭނާ ވިދާޅުވެފައިވަނީ ބިދޭސީންގެ މައްސަލަތަކާ ގުޅޭގޮތުން މިނިސްޓްރީން އެކުލަވާލާފައިވާ ޓާސްކް ފޯހުން އެ ޒުވާނާއަށް ފުރުސަތު ދިނުމަށް މިހަރުވަނީ ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.