ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓާ އެއް އެޅުން މާލެ ސިޓީ ކައުންސިލަށް

ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓާ އެއް އެޅުން މާލެ ސިޓީ ކައުންސިލަށް

Author
ހުސެއިން
25 ޖެނުއަރީ 2024 06:05
0

ހުޅުމާލޭގައި ވަގުތީ ކެޓް ޝެލްޓާއެއް އެޅުމުގެ އެއްބަސްވުމުގައި މާލެ ސިޓީ ކައުންސިލާއި އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ސޮއި ކޮށްފިއެވެ.

ބުޅާތަކަށް ހާއްސަ ޝެލްޓާއެއް ގާއިމް ކުރުމަށް 5000 އަކަފޫޓުގެ ބިމެއް ހަމަޖައްސާފައިވާއިރު އެތަން އަޅާ އެއްކޮށް ނިމޭއިރު ބުޅާތަކަށް ހާއްސަ ހޮޓަލަކާއި ޕާކެއްގެ އިތުރުން ފިހާރައެއް ހުންނާނެއެވެ. އަދި މާލޭގައި އުޅޭ ބުޅާތައް ބަދަލުކޮށް އެސޮރުމެނަށް ފަރުވާދެވޭނެ އިންތިޒާމު ގާއިމްކޮށްފައި ހުންނާނެއެވެ.

މި އެއްބަސްވުމުގައި ސޮއި ކުރުމަށް ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ގެންގޮސްފައިވާއިރު ސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ މޭޔަރު އާދަމް އާޒިމެވެ. އަދި، މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއިލެވެ.

މާލޭގައި ބުޅަލުގެ އާބާދީ 3000 އަށް އަރާނެ ކަން ފާހަގަ ކުރައްވާ މޭޔަރު އާޒިމް ވިދާޅުވީ މިއަހަރު ނިމެންވާއިރު އެކަމަށް އެދެވޭ ހައްލެއް ނުލިބިއްޖެނަމަ ބުޅަލުގެ އާބާދީ 9000 އަށް އިތުރުވާނެ ކަމަށެވެ.

އަޅުގަނޑުމެންނަށް އަންދާޒާ ކުރެވެނީ 3000 ބުޅާ 9000 ބުޅަލަށް ބަދަލުވާނެއޭ މި އަހަރު ނިމެންވާއިރަށް މިކަމަސް އެޓެންޑް ނުކޮށްފިއްޔާ.

މޭޔަރު އާޒިމް ވިދާޅުވިއެވެ.

ދާއިމީ ޕެޓް ކެއާ ފެސިލިޓީއެއް ގާއިމް ކުރުމަށް މި ސަރުކާރުން ނިންމާފައި ވަނީ ހުޅުމާލެ ދެވަނަ ފިޔަވައްސާ ގުޅިފައި އޮތް ފަރުކޮޅުފުށީގައެވެ. އެކަން ނިންމާ، މި މަހުގެ 11 ވަނަ ދުވަހު ވަނީ އެއްބަސްވުމުގައި ސޮއި ކޮށް ބިންވެސް ހަވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.