ޔޫއެންޖީއޭގެ ރައީސް އިންޑިއާގެ އާސާރީ މުހިންމު ތަންތަނަށް ޒިޔާރަތް ކުރައްވައިފި

ޔޫއެންޖީއޭގެ ރައީސް އިންޑިއާގެ އާސާރީ މުހިންމު ތަންތަނަށް ޒިޔާރަތް ކުރައްވައިފި

Author
ހުސެއިން
24 ޖެނުއަރީ 2024 01:04
0

ފަސް ދުވަހުގެ ދަތުރުފުޅެއްގައި އިންޑިއާއަށް ކުރައްވަމުން ގެންދަވާ އދ.ގެ އާންމު މަޖިލީހުގެ ރައީސް ޑެނިސް ފްރާންސިސް، ރާޖަސްތާނުގެ ޖައިޕޫރުގައި ހުންނަ ޔުނެސްކޯގެ ދުނިޔޭގެ ތަރިކައިގެ ތަންތަން ބައްލަވާލައްވައިފިއެވެ.

ޑެނިސް ފްރާންސިސް ޖެނުއަރީ މަހުގެ 22 އިން 26 އަށް އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

ފްރާންސިސް ވަނީ ދިއްލީގައި ހުންނަ މަހާތަމާ ގާނދީގެ މަގްބަރާއަށް ޒިޔާރަތް ކުރައްވާފައެވެ. މަހާތުމާގެ ހަނދާނީ ބިނާއަށް ޔޫއެންޖީއޭގެ ރައީސް ކުރެއްވި ޒިޔާރަތުގައި، އިންޑިއާއިން އދއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ރުޗިރާ ކަމްބޯޖް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އދ.ގެ އާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ފްރާންސިސް ވަނީ އެ ހަނދާނީ މާބޮނޑިއެއް ބާއްވާފައެވެ. އަދި މަހާތުމާގާދީ ސުލްހައާއި ހަމަނުޖެހުމާއި އިންސާނީ ހައްގުތަކަށް ކުރައްވާފައިވާ މަސައްކަތްތައް ބައިނަލްއަގްވާމީ މުޖުތަމައުން ބަލައިގަންނަކަން އޭނާ ފާހަގަކުރައްވާފައި ވެއެވެ.

ފްރާންސިސް ފަސް ދުވަހުގެ ދަތުރުފުޅެއްގައި ނިއުދިއްލީއަށް ވަޑައިގެންނެވީ އިންޑިއާ އާއި އދގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. އދ.ގެ 78 ވަނަ އާންމު މަޖިލީހުގެ ރައީސްކަމުގެ ޝިއާރަކީ "އިތުބާރު އާރާސްތުކޮށް އެއްބައިވަންތަކަން ދެމެހެއްޓުން" އެވެ.

ފްރާންސިސްގެ މި ދަތުރުފުޅުގައި އިންޑިއާގެ މުމްބާއީއަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. މުމްބާއީގައި 26/11 ގައި ދިން ޓެރަރިސްޓް ހަމަލާގައި މަރުވި މީހުންގެ ޝަރަފުގައި އެ ހަނދާނީ ބިނާއަށް ވެސް އޭނާ ޒިޔާރަތް ކުރައްވާނެއެވެ

މުމްބާއީގައި އޭނާ ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ނޭޝަނަލް ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތް ކުރެއްވުމާއި އޮބްޒާވަރ ރިސާޗް ފައުންޑޭޝަން (އޯއާރްއެފް) އިން އިންތިޒާމުކޮށްގެން ބާއްވާ ނިއު އޮރިއެންޓޭޝަން ފޯ ރިފޯމްޑް މަލްޓިލޭޓަރަލިޒަމްއާ ބެހޭ ތަގުރީރެއް ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ފްރާންސިސްގެ ދަތުރުފުޅު ނިންމަވާލައްވެމުގެ ކުރިން، މި ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު އިންޑިއާގެ މަހާރާޝްތުރާގައި ބާއްވާ ޖުމްހޫރީ ދުވަހުގެ ޕެރޭޑްގައި ސްޓޭޓް މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.