އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ބައްދަލުކޮށްފި

އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ބައްދަލުކޮށްފި

Author
ހުސެއިން
23 ޖެނުއަރީ 2024 11:15
0

އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ލީޑަރޝިޕްގެ ބައެއް ބޭފުޅުން ބައްދަލުކޮށްފިއެއްވެ.

މިކަން ހާމަވެފައިވަނީ ދެ ޕާޓީގެ އިސް ބައެއް ބޭފުޅުން އެކީ ކޮފީ މޭޒެއްގައި ބައްދަލުކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމާއި ގުޅިގެންނެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ކޮފީ މޭޒެއްގެ ދޮށުގައި ތިބިތަން ފެންނަނީ، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލާއި އެމްޑީޕީގެ، ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒުގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ރައީސް ހަސަން ލަތީފް އާއި ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމްގެއާއި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އާއި މަޑަވެލި ދާއިރާގެ މެމްބަރު ހުސެއިން ފިރުޝާން އަދި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ.

މިއީ ކޮންއިރަކު ނަގާފައިވާ ފޮޓޯއެއްކަން އެނގޭކަށް ނެތެވެ. އެހެންނަމަވެސް ބެލެވޭ ގޮތުގައި މިއީ ވަރަށް ފަހުގެ ފޮޓޯއެކެވެ.

އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީ ތެރޭގައި އުފެދުނު ސިޔާސީ ކޯޅުމަށްފަހު އެޕާޓީ ދޫކޮށްދިޔަ ފަރާތްތަކުން ޑިކޮމްރެޓްސް ޕާޓީ އުފެއްދުމާއެކު ދެ ޕާޓީ ވެގެންދިޔައީ ވަރަށް ވާދަވެރި ދެ ޕާޓީކަމުގައެވެ.

އަދި ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސް ޕާޓީން އެމްޑީޕީއަށް ތާއީދުކޮށްފައެއްވެސް ނުވެއެވެ. އެހެންނަމަވެސް ފަހަކަށް އައިސް މި ސަރުކާރު ޒިންމާދާރު ކުރުމަށް ދެ ޕާޓީ އެއްގަލަކަށް އަރާންޖެހޭކަމަށް ދެޕާޓީއަށް ނިސްބަތްވާ ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.