ކުޅުދުއްފުއްޓަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ދެ މީހުން ސަލާމަތްކޮށްފި

ކުޅުދުއްފުއްޓަށް ދަތުރުކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ދެ މީހުން ސަލާމަތްކޮށްފި

Author
އަހުމަދު
23 ޖެނުއަރީ 2024 01:20
0

ށ. މިލަންދޫން ފުރައިގެން ހދ. ކުޅުދުއްފުއްޓަށް ދަތުރު ކުރި ޑިންގީއެއް ބަންޑުން ޖަހާލައި ކަނޑުވި ދެ މީހުން މިރޭ ސަލާމަތްކޮށްފިއެވެ.

އެމްއެންޑީއެފުން ބުނީ މިލަންދޫން ފުރައިގެން ކުޅުދުއްފުއްޓަށް ދަތުރު ކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން ހަރަކާތްތެރިވާން ފަށާފައި ވަނީ މިރޭ 22:23 ގައި ކަމަށެވެ.

ށ. ފޯކައިދޫ ކައިރިން ބަންޑުން ޖަހާލި ޑިންގީން ކަނޑުވި ދެ މީހުން ވެސް ފެނިފައިވާ ކަމަށާއި އެމީހުންގެ ހާލު ރަނގަޅު ކަމަށް އެމްއެންޑީއެފުން ބުންޏެވެ. މި މީހުން ނަގާފައި ވަނީ އެ ސަރަހައްދުން ދަތުރު ކުރި ކަންނެލި ދޯންޏަކުން ކަމުގެ މައުލޫމާތު މިރޭ 00:21 ހާއިރު އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ ލިބިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.