ބޮލީވުޑްގެ ބަތަލާ ޔާމީ ގޯތަމް ލީޑު ރޯލުން ފެންނާނެ ފިލްމު "އާޓިކަލް 370″ ރިލީޒް ކުރާ ތާރީހް އިއުލާން ކޮށްފިއެވެ.
މި ކަން އިއުލާން ކޮށްފައިވަނީ ފިލްމްގެ ފުރަތަމަ ޓިޒާ އާންމު ކުރަމުންނެވެ. މި ފިލްމް ސިނަމާތަކަށް ދޫކޮށްލުމަށް ތާވަލް ކޮށްފައިވަނީ އަންނަ މަހުގެ 23 ގައިއެވެ. މި ފިލްމްގައި ޔަމީ ކުޅެފައިވަނީ ވަރަށް ވަރުގަދަ ރޯލެކެވެ.
ކަޝްމީރާއި ނިއު ދިއްލީގައި މަންޒަރުތައް ނަގާފައިވާ މި ފިލްމަކީ ކާމިޔާބު ފިލްމުތަކެއް ކުޅެފައިވާ ޔާމީގެ ވަރުގަދަ ރޯލެއް ފެންނާނެ އެއްޗެކެވެ. "ސެކްޝަން 370″ ޑައިރެކްޓްކުރީ ދެ ނެޝަނަލް އެވޯޑް ހޯދާފައިވާ އަދިތިޔާ ސުހާސް ޖަމްބަލޭ އެވެ.
ޔަމީގެ އިތުރުން މި ފިލްމްއިން މުހިންމު ރޯލަކުން ޕްރިޔަމަނީ ވެސް ފެނިގެންދާނެވެ. މި ފިލްމް ގެ މަންޒަރުތަށް ނަގައިފައިވަނީ ކަޝްމީރާއި ނިއު ދިއްލީގައިއެވެ. ޔަމީ އަކީ ކާމިޔާބު ފިލްމް ތަކެއް ކުޅެފައިވާ ހުނަރުވެރި ބަތަލާއެކެވެ.
ޔާމީ އާއި ވިކީ ކޯޝަލް ކުޅެ، ބެލުންތެރިންގެ ވަރަށް ބޮޑު މަގުބޫލު ކަމެއް ހޯދި 2019 ގެ ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޑައިރެކްޓަރުގެ އަދިތިޔާ ދާރްއާ ކައިވެނިކޮށްގެން އުޅޭ ޔާމީ އެންމެ ފަހުން ފެނިފައި ވަނީ މިދިޔަ އަހަރު ރިލީޒްކުރި އަކްޝޭ ކުމާރުގެ "އޯއެމްޖީ 2″ އިންނެވެ.