ޝޯއެބް އާއި ސަނާ ކައިވެނި ކޮށްފި

ޝޯއެބް އާއި ސަނާ ކައިވެނި ކޮށްފި

Author
ފާތިމަތު ނާވީ
22 ޖެނުއަރީ 2024 06:45
0

ކުރީގެ މަޝްހޫރު ޕާކިސްތާންގެ ކުރިކެޓް ކުޅުން ތެރިއާ ޝޮއެބް މާލިކް އާއި ޕާކިސްތާންގެ މަޝްހޫރު އެކްޓްރެސް ސަނާ ޖާވެދް ކައިވެނި ކޮށްފިއެވެ.

ކައިވެންޏަށް ފަހު އެމީހުންގެ އިންސްޓަގްރާމްގައި މިކަން އިއުލާންކޮއް ވަނީ ޕޯސްޓެއް ކޮށްފައިއެވެ. ދެމީހުންގެ ކައިވެނީގެ މި ފޮޓޯ ގައި އެމީހުން ތިބީ ވަރަށް އުފަލުން ނެވެ. މި ކައިވެނި ކުރެވިގެން ދިއައީ ސަނާގެ ގޭގައި ވަރަށް ޕްރައިވެޓްކޮންނެވެ.

 

View this post on Instagram

 

A post shared by Shoaib Malik (@realshoaibmalik)

41 އަހަރުގެ ޝޯއެބް އާއި 31 އަހަރުގެ ސަނާ ކައިވެނި ކުރި އިރުގައި މީ ސަނާގެ ދެވަނަ އަދި ޝޯއެބް ގެ ތިންވަނަ ކައިވެންޏެވެ. ސަނާ ކުރިން ކައިވެނި ކުރީ މަޝްހޫރު ލަވަކިއުންތެރިއެއް ކަމުގައިވާ އުމޭރް ޖެސްވާލް އާއި އެވެ. އެމީހުން 2020 ގައި ކުރެވުނު ކައިވެނި ނިމުމަކަށް އައީ 2023 ވަނަ އަހަރުގައިއެވެ.

ޝޯއެބް ގެ ފުރަތަމަ ކައިވެނި 2002 ވަނަ އަހަރު ކުރެވިގެން ދިއައީ އާއިޝާ ސިއްދީގީއާއިއެވެ. އެކައިވެނި ރޫޅޫނީ 2010 ވަނަ އަހަރުގައިއެވެ. އިންޑިއާގެ. މަޝްހޫރު ބެޓްމިންޓަން ކުޅުން ތެރިއާ ސާނިއާ މިރްޒާ އާއި ޝޯއެބް ގެ ކައިވެނި ކުރެވުނީ 2010 ވަނަ އަހަރުގައިއެވެ. އެމީހުން ވަރިވެފައި ވާކަމަށް ބައެއް މީޑިއާ ތަކުން އަންނަނީ ބުނަމުންނެވެ.

ނަމަވެސް އިތުބާރު ހުރި ބައެއް މީޑިއާ ތަކުން ބުނާ ގޮތުގައި ޝޯއެބް އާއި ސަނާ ގެ ކައިވެނި ކުރެވިގެން ގޮސްފައިވާ އިރުގައި އަދި ވެސް ސާނިއާ އަކީ ޝޯއެބް ގެ އަންބެއް ކަމަށެވެ. މިފަހުން މީޑިއާއިން ވަނީ ސާނިއާގެ ފަރާތުން ކައިވެނި ރޫޅާލުމަށް ހުށައަޅައިފައިވާ ކަމަށް ބުނެފައިއެވެ. މި ކައިވެނިން އެދެމަފިރިންނަށް ވަނީ ފިރިހެން ކުއްޖަކުވެސް ލިބިފައިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.