ދައުލަތުގެ މާލީ ހިސާބުތައް އެކުލެވޭ "ވީލްލީ ފިސްކަލް ރިޕޯޓު" ފިނޭންސް މިނިސްޓްރީން އަލުން ނެރެން ފަށައިފިއެވެ.
މި ރިޕޯޓުތައް މިހާރުވަނީ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއު ކޮށްފައެވެ.
ފިނޭންސް މިނިސްޓްރީން ކުރިންވަނީ މާލީ ހިސާބުތައް އާންމު ކުރުން ހުއްޓާލާފައެވެ. އޭރު މި ހިސާބުތައް ނެރުން ހުއްޓާލި ސަބަބެއް ހާމަކޮށްފައި ނުވި ނަމަވެސް، އިއްޔެ ރިޕޯޓު އާންމު ކުރަމުން ކުރި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ، މިއަރަށް ފާސްކޮށްފައިވާ ބަޖެޓްގައި ހިމެނޭކަންކަން ރިޕޯޓުގައި ހިމެނުމަށްޓަކާ ރިޕޯޓު ސިސްޓަމަސް ބަދަލުތައް ގެނެސްފައި ވާކަމުގައެވެ.
މި އަހަރުގެ ފުރަތަމަ ދެ ހަފްތާގެ މާލީ ރިޕޯޓު މިހަރުވަނީ އާންމު ކޮށްފައެވެ.
އިއްޔެ ފިނޭންސް މިނިސްޓްރީން އާންމުކުރި ރިޕޯޓުގައި ވާގޮތުން، މިއަހަރުގެ 11 ވަނަ ދުވަހާއި ހަމައަށް ދައުލަތަށް 390 މިލިއަން ރުފިޔާ ލިބިފައިވާއިރު، 524 މިލިއަން ރުފިޔާ ޚަރަދު ވެފައި ވެއެވެ.
މި ރިޕޯޓު އާންމު ކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ހަފްތާއެއްގެ އަންގާރަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ