ފުނަދޫގެ ފިއުލް ފާމް މާގިރި ފަޅަށް ބަދަލުކުރަނީ

ފުނަދޫގެ ފިއުލް ފާމް މާގިރި ފަޅަށް ބަދަލުކުރަނީ

Author
ހުސެއިން
21 ޖެނުއަރީ 2024 07:55
0

މާލެކައިރީގައި އޮތް ކ. ފުނަދޫގައި ހިންގާ ފިއުލް ފާރމް ކ. މާގިރި ފަޅަށް ބަދަލުކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން ހާމަ ކޮށްފައިވަނީ މިއަދު ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޫންވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، އަބްދުﷲ ނާޒިމްއެވެ.

މިއަދުގެ ޕްރެސްގައި ނާޒިމް ވިދާޅުވީ، މިގޮތަށް ނިންމާފައިވަނީ ފާއިތުވެދިޔަ ހަފްތާގައި އިކޮނިމޮކް ކައުންސިލަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކައުންސިލަށް ހުށަހެޅި ކަރުދާހެއް ކަރުދާހަށް މަަޝްވަރާ ކުރުމަށްފަހުގައި ކަމުގައެވެ.

ފުނަދޫގައި މިވަގުތު ހުރީ 48,000 ޓަނުގެ ޑީސަލާއި 10,000 ޓަނުގެ ޕެޓްރޯލް ރައްކާ ކުރެވޭނެ ކެޕޭސިޓީއެވެ.

ފުނަދޫއާއި މަލެއާއި ހުޅުލެ ބްރިޖުން ގުޅުވާލާ، އެރަށުގައި ތެޔޮ ރައްކާކުރުން ހުއްޓާލާ އެރަށް އިންޓަރނޭޝަނަލް ފައިނޭންޝަލް ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރަން ސަރުކާރުން ވަނީ ނިންމާފައެވެ.

މިކަން ހާމަކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ދެވަނަ ފޭސް ތަރައްގީ ކުރުމުގެ މަޝްރޫއު އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒުއެވެ.

އެ ޖަލްސާގައި ރައީސް ވިދާޅުވެފައިވަނީ ޖުމްލަ 25 މިލިޔަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމާއި އިކޮނޮމިކް ޒޯން ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ބައެއްގެ ގޮތުގައި ފުނަދޫ އިގްތިސާދީ ހަބެއްގެ ގޮތުގައި ތަރައްގީ ކުރެވިގެން ދާއިރު އެރަށާއި މާލެއާއި އަދި ހުޅުލެ ބުރިޖަކުން ގުޅުވާލެވިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.