18 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކުގެ ޕާސްޕޯޓް ހިފަހައްޓައިފިއެވެ.
ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ކޮން ކަމަށާއި ގުޅިގެންކަމެއް ސީދާ ނޭގުނު ކަމުގައި ވީނަމެސް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ތަހުގީ އިދާރާތަކުން މިހާރު ކުރަމުންދާ އެމްއެމްއެމްޕީއާރުސީގެ ތަޚުގީގާއި ގުޅޭގޮތުންކަމަށް އެގިފައިވެއެވެ. އޭސީސީންވެސް އަދި ބައެއް ތަހުގީގީ އިދާރާތަކުންވަނީ އެމްއެމްޕީއާރުސީގެ ތަހުގީގު ކުރިއަށްގެންދާކަމަށް ބުނެފައެވެ. އަދި މިކަމުގައި ޝާމިލުވާ މީހުންނާއި ސުވާލުކޮށް، ބައެއް ފަރާތްތަކަށް ދައުވާ ކުރުމަށް ފޮނުވުމަށް އޭސީސީން ދަނީ ތައްޔާރުވަމުންނެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ 267 ފަރާތަކަށް ލިބުނުކަމަށް އެ މައްސަލަ ތަޙްޤީޤުކުރާ އިދާރާތަކުންވަނީ ވިދާޅުވެފައެވެ. ޚިޔާނާތުގެ ފައިސާ ލިބިފައިވާ ފަރާތްތަކުގެ ތެރޭގައި 18ވަނަ ރައްޔިތުންގެ މަޖިލީހުގެ 44 މެމްބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ މިހާރުގެ 16 މެމްބަރަކާއި، މިނިވަން މުވައްސަސާތަކުގައި އިސްކޮށް ތިއްބެވި 5 ބޭފުޅަކުވެސް ހިމެނިވަޑައިގަންނަވައެވެ. މީގެ އިތުރުން މިހާރު ސަރުކާރުގެ މަގާމުގައިތަކުގައި ތިބި 7 މީހަކާއި، 7 ފަނޑިޔާރެއްގެ އިތުރުން ސަލާމަތީ ބާރުތަކުގައި ހިމެނޭ 23 އޮފިސަރުން ވެސް ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާތައް ބޭނުނުންކޮށްފައި ވަނީ ސިޔާސީ މަންފާތަކެއް ބޭނުންކުރުމަށްކަމަށް ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ ކޮމިޝަނުންވަނީ ބުނެފައެވެ. މިހާތަނަށް ކުރެވުނު ތަހުޤީޤުތަކުން އެގޭ ގޮތުގައި އެމްއެމްޕީއާރުސީގެ ޚިޔާނާތް 3.4 ބިލިޔަން ރުފިޔާއަށް އަރައެވެ.
ކޮމެންޓު ފޮނުވާ