އެއްބަސްވެވޭ ހައްލެއް ހޯދުމަށް ދެގައުމުން ދަނީ މަސައްކަތް ކުރަމުން: އިންޑިއާ

އެއްބަސްވެވޭ ހައްލެއް ހޯދުމަށް ދެގައުމުން ދަނީ މަސައްކަތް ކުރަމުން: އިންޑިއާ

Author
ހުސެއިން
19 ޖެނުއަރީ 2024 10:53
0

ރާއްޖެއާ އެކު ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށާއި ދެ ގައުމުގެ ދެމެދުގައި މަސައްކަތް ކުރެވޭނެ ހައްލުތަކެއް ހޯދާނެ ކަމުގެ ޔަގީންކަން އިންޑިއާއިން ދީފިއެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަންދީރު ޖައިސްވާލް ވަނީ، ނޫސްވެރިންނާއި ބައްދަލުކުރައްވާ، އަންނަ މާރޗްމަހުގެ 15 ވަނަ ދުވަހުގެ ކުރިން އިންޑިއާގެ ސިފައިން އަނބުރާ ގެންދިއުމަށް ރައީސް މުހައްމަދު މުއިއްޒު ގޮވާލެއްވުމާ ގުޅިގެން ގުޅުން ހީނަރުވެފައިވާ މައްސަލައަށް ހައްލު ހޯދުމާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އަޅުގަނޑުމެންގެ ޕްރޮޖެކްޓްތަކާއި، އެ ކަންކަން ކުރިއަށް ގެންދިއުމަށް އަޅުގަނޑުމެން ދެމިތިބޭނަން. އަޅުގަނޑުމެންނަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެއް.

ކޮންމެ ހަފުތާއަކު އޮންނަ މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޖައިސްވާލް ވިދާޅުވި އެވެ.

އޭނާވަނީ، އިންޑިޔާއިން ރާއްޖޭގެ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުގައި މަސައްކަތްކުރުމަށް ކުރަމުންދާ މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

ޖައިސްވާލް ވިދާޅުވީ، އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ މައްސަލައަށް ހައްލު ހޯއްދުމަށް، އަންނަ މަހުގެ ކުރީކޮޅު އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންޑިއާ-ރާއްޖެ ކޯ ގްރޫޕުގެ ދެވަނަ ބައްދަލުވުމުގައި މަޝްވަރާ ކުރައްވާނެ ކަމަށެވެ.

މިދިޔަ ޖެނުއަރީ މަހުގެ 14 ވަނަ ދުވަހު މާލޭގައި ބޭއްވި ފުރަތަމަ ކޯ ގްރޫޕުގެ ބައްދަލުވުމުގައި ވަނީ އިންޑިއާގެ އަސްކަރިއްޔާގެ ސިފައިންގެ މައްސަލައާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފަ އެވެ. މި ބައްދަލުވުމަށްފަހު އިންޑިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ދިވެހި ރައްޔިތުންނަށް އިންސާނީ އަދި މެޑްވެކް (މެޑިކަލް އިވެކުއޭޝަން) ގެ ހިދުމަތް ފޯރުކޮށްދޭ އިންޑިއާގެ އޭވިއޭޝަން ޕްލެޓްފޯމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ޓަކައި ދެ ފަރާތުން ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ނުތަނަވަސްކަން އުފެދުނީ ރައީސް މުއިއްޒު އިންޑިއާ ސިފައިން ރާއްޖެއިން މުހުލަތެއް ދެއްވުމާއި ގުޅިގެންނެވެ.

އިންޑިޔާ ކަނޑުގެ ސަރަޙައްދުގެ ކަނޑުގެ އަވަށްޓެރި ޤައުމެއްގެ ގޮތުގައި އޮތް ދިވެހިރާއްޖެއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަށް މިދިޔަ ސަރުކާރުގައި ދިފާޢީ އަދި ސަލާމަތީ ރޮނގުން ވެސް ވަނީ ކުރިއެރުން ލިބިފައެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރު ރާޖްނާތު ސިންގް މިދިޔަ އަހަރުގެ މެއި މަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅު ވެގެންދިޔައީ މިގުޅުމަށް ވަރަށް ބޮޑު ކުރެއެރުމެއް ލިބިގެންދިޔަ ދަތުރުފުޅެއްގެ ގޮތުގައި ފާހަގަކުރެވިގެން ގޮސްފައި ވެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރާއްޖޭގެ އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ވަނީ އިންޑިއާގެ އެހީގައި ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ފައްޓަވާފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.