އަސްލަމް ސްރީ ލަންކާގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވައި

އަސްލަމް ސްރީ ލަންކާގެ ބޮޑުވަޒީރާއި ބައްދަލު ކުރައްވައި

Author
ހުސެއިން
19 ޖެނުއަރީ 2024 09:29
0

މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ސްރީލަންކާގެ ބޮޑުވަޒީރުއާއި ބައްދަލު ކުރައްވައިފިއެވެ.

ސްރީ ލަންކާގެ ބޮޑުވަޒީރު، ދިނޭޝް ގުނަވަރްދޭނާއާ އަސްލަމް ބައްދަލު ކުރެއްވީ އޭނާ މިހާރު ސްރީލަންކާ ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

އެ ބައްދަލުވުމުގެ ތަފުސީލެއް މަޖިލީހުގެ އިދާރާއިން އަދި ހާމައެއް ނުކުރެ އެވެ.

އަސްލަމް ސްރީ ލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް، މަހިންދަ ޔަޕަ އަބޭވަރްދޭނާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން އަސްލަމް ވަނީ އެގައުމުގެ ކުރީގެ ރައީސް، މަހިންދަ ރާޖަޕަކްސައާ ވެސް ބައްދަލު ކުރައްވައިފަ އެވެ.

އަސްލަމްގެ އަރިހުގައި ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އާއި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމްގެ އިތުރުން މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވެސް ބައިވެރިވެޑައިގަންނަވަ އެވެ.

އަސްލަމްގެ ދަތުރުފުޅުގައި ސްރީލަންކާގެ ގާނޫނު ހަދާ މަޖިލީހަސް ޒިޔާރަތް ކުރައްވައި އެތަނުގެ މަސައްކަތްތައް ކުރިއަށް ދާގޮތް ވެސް ބައްލަވައިލެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.