މޮހްނިޝްގެ ދަރިފުޅަށް ހޮލީވުޑްއަށް

މޮހްނިޝްގެ ދަރިފުޅަށް ހޮލީވުޑްއަށް

Author
ފާތިމަތު ނާވީ
19 ޖެނުއަރީ 2024 08:57
0

ބޮލީވުޑްގެ އެކްޓަރު މޯނީޝް ބޭލްގެ ދަރިފުޅު ޕްރަނޫޓާން ބޭލް ހޮލީވުޑްގެ ފިލްމަކަށް ސޮއިކޮށްފި އެވެ.

ޕަރްނޫޓާން ވަނީ އޭނާގެ ސޯޝަލް މީޑިއާގައި އެކަން ކަށަވަރު ކޮށްދީފައިއެވެ. ލޯބީގެ ވާހަކައަކަށް ހަދަން ނިންމާފައިވާ މި ރޮމޭންޓިކް ކޮމެޑީގެ ޝޫޓިން މި އަހަރުގެ ޖޫން މަހުގެ ތެރޭގައި ފަށަން ނިންމާފައިވާ ފިލްމްއެކެވެ.

މި ފިލްމަކީ ހޮލީވުޑްގައި މަސައްކަތްކުރާ އިންޑިއާ ދަރިކޮޅުގެ އެކްޓަރު/ޑައިރެކްޓަރު ރަހްސާން ނޫރްގެ "ކޮކޯ އެންޑް ނަޓް" އެވެ. މި ފިލްމް އަކީ އިނގިރޭސި ބަހާ އެކީ ހިންދީ ބަހުން ވެސް ޝޫޓްކުރާނެ އެވެ.

 

View this post on Instagram

 

A post shared by Pranutan Bahl (@pranutan)

"ކޮކޯ އެންޑް ނަޓް" އަކީ 2018 ގައި ރަހްސާން ގެނެސްދިން "ބެންގާލީ ބިއުޓީ" އަށް ފަހު ހަދާ ފުރަތަމަ ފިލްމެވެ. ޕްރަނޫޓާން ބޮލީވުޑަށް ތައާރަފުވީ އޭނަގެ ބައްޕަ މޯނިޝްގެ ގާތް އެކުވެރިޔާ، ސަލްމާން ޚާން ޕްރޮޑިއުސްކޮށް 2019 ގައި ގެނެސްދިން "ނޯޓްބުކް" އިންނެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.