އަކްޝޭ އާއި އެކު އަދިވެސް މަސައްކަތް ކުރަން ބޭނުން

އަކްޝޭ އާއި އެކު އަދިވެސް މަސައްކަތް ކުރަން ބޭނުން

Author
ފާތިމަތު ނާވީ
19 ޖެނުއަރީ 2024 11:04
0

ކުރީގެ ލޯބިވެރިޔާ އަކްޝޭ ކުމާރާއި އެކުގައި އަދިވެސް މަސައްކަތް ކުރަން ބޭނުން ވާކަމަށް ބަތަލާ ޝީލްޕާ ޝެޓީ ބުނެފިއެވެ.

އަންނަ ހުކުރު ދުވަހު އެމެޒޯން ޕްރައިމް ވީޑިއޯ އިން ޕްރީމިއާކުރަން ހަމަޖެހިފައިވާ އޭނަގެ ފުރަތަމަ ވެބް ސީރީޒް "އިންޑިއަން ޕޮލިސް ފޯސް" ގެ ޕްރޮމޯޝަންގެ ތެރެއިން ބޮލީވުޑް ލައިފަށް ދިން އިންޓަވިއުގައި ބަތަލާ ބުނީ އެދެމީހުންގެ ކެމިސްޓްރީ އަކީ އަދި ހާއްސަކޮން ފިލްމް ތަކަކީ ގިނަބަޔަކަށް ވަރަށް ކަމުދި އަދި ވަރަށް ކާމިޔާބު ފިލްމް ތަކެއް ކަމަށެވެ.

އިތުރަށް ޝިލްޕާ ބުނީ އެެދެމީހުންގެ އެ ކެމިސްޓްރީ އަދިވެސް ދައްކައިލެވޭނެ ކަމަށް ގަބޫލު ކުރާކަމަށެވެ. އަދި އަކްޝޭ އާއި އެކުގައި މަސައްކަތް ކުރަން އަދިވެސް ބޭނުން ވާކަމަށެވެ.

އެ ދެ މީހުން އެކީގައި ކުޅުނު ފިލްމުތަކުގެ ތެރެއިން އެންމެ މަގުބޫލުވި ފިލްމަކީ 2000 ވަނަ އަހަރުގެ "ދަޅުކަން" އެވެ. މީގެ އިތުރުން ދެމީހުން ވަނީ  1994 ގެ "މޭ ކިލާޅީ ތޫ އަނާޅީ" ވެސް ވެސް ފެނިގެން ގޮސްފައިއެވެ.

ވަރަށް ސީރިއަސް ލޯބީގެ ގުޅުމެއް ބޭއްވި މި ދެތަރިންގެ ގުޅުން ނިމުމަކަށް އައީ ކައިވެންޏާއި ހަމައިންނެވެ. މި ގުޅުން ކެނޑި ދެމީހުން ގެ މެދުގައި ނަފްރަތުގެ ދުވަސްތަކެއް ވޭތުކުރުމަށް ފަހު މިހާރު ދެމީހުންގެ ގުޅުން ވަނީ ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅިފައިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.