"ބައިޖޫ ބަވްރާ" ވާނުވާގައި

"ބައިޖޫ ބަވްރާ" ވާނުވާގައި

Author
ފާތިމަތު ނާވީ
18 ޖެނުއަރީ 2024 08:48
0

ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ހަދަން ނިންމާފައިވާ ފިލްމު "ބައިޖޫ ބަވްރާ" ބަޖެޓް ހޯދުމުގެ ތާށިކަމާ ހެދި ވާނުވާ ވަތްގަނޑަށް ލާން ޖެހިއްޖެއެވެ.

މި ފިލްމު 2019 ގެ ފަހުކޮޅު އިއުލާންކޮށް، އޭރު ނިންމާފައި އޮތީ 2021 ގެ ނޮބެމްބަރު މަހުގެ ތެރޭގައި ރިލީޒްކުރާ ގޮތަށެވެ. ނަމަވެސް ކުރިން ރޭވި ގޮތަށް މަސައްކަތް ނުދިޔައީ ކޮވިޑާ ހެދި ދެ އަހަރެއްހާ ދުވަހަށް ފިލްމީ މަސައްކަތްތައް ހުއްޓުމަކަށް އައުމުންނެވެ.

 

View this post on Instagram

 

A post shared by Ranveer Singh (@ranveersingh)

ނަމަވެސް މިހާރު ފިލްމް އަށް ދިވާގެން އުޅެނީ ފައިސާގެ މައްސަލައެވެ. އެހެންވެ ރަންވީރު ސިންގް އާއި އާލިއާ ބަޓް އާއި އެކުގައި އިއުލާން ކުރި މި ފިލްމް މިހާރު ވަނީ ވާނުވާގައިއެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ މީޑިއާތަކުން ބުނީ މި ފިލްމުގެ ބަޖެޓަކަށް ބަންސާލީ ކަނޑައަޅާފައި އޮތީ 350 ކްރޯޑް ރުޕީސް (42.1 މިލިއަން ޑޮލަރު) ކަމަށެވެ. އެކަމަކު އެ ފިލްމު ޕްރޮޑިއުސްކުރުމުގައި ހިއްސާވާން އެދި ހުށަހެޅި ތިން ސްޓޫޑިއޯއަކުން ބަޖެޓް މާ ބޮޑު ކަމަށް ބުނެ، އޭގައި ހިއްސާވާން ދެކޮޅު ހަދާފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.

 

View this post on Instagram

 

A post shared by Alia Bhatt 💛 (@aliaabhatt)

"ބައިޖޫ ބަވްރާ" އަކީ ހަމަ އެ ނަމުގައި 1952 ގައި ގެނެސްދިން މިއުޒިކަލް ރޮމޭންޓިކް ޑްރާމާ އަަސްލަކަށް ބަލައިގެން ހަދަން ނިންމާފައިވާ ފިލްމެކެވެ. ކުރީގެ ފިލްމަކީ ވިޖޭ ބަޓް ޑައިރެކްޓްކޮށް، މީނާ ކުމާރީ އާއި ބާރަތު ބުޝަން ލީޑް ކުޅުނު އެއްޗެކެވެ. އޭގެ މުހިއްމު ރޯލެއް ބަތަލާ ކުލްދީޕް ކޯރް ވެސް ކުޅުނެވެ.

ރިޕޯޓްތައް ބުނާ ގޮތުން މިހާތަނަށް ރީތި އަދި ކާމިޔާބު އެތައް ފިލްމެއް ގެނެސްދީފައިވާ ބަންސާލީގެ "ބައިޖޫ ބަޖްވާރާ" އަކީ އޭނަގެ ޑްރީމް އެއް ޕްރޮޖެކްޓެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.