އެމްޑީޕީން ޕްރައިމަރީގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

އެމްޑީޕީން ޕްރައިމަރީގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި

Author
އައިޝަތު އަޙްމަދު
18 ޖެނުއަރީ 2024 06:28
0

އަންނަ މަޖިލިސް މަޖިލިސް އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ރީ-ރަޖިސްޓްރޭޝަނަށް ހުޅުވާލި މުއްދަތު އިތުރުކޮށްފިއެވެ.އަންނަ މަޖިލިސް ޕްރައިމަރީގައި ވޯޓްލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށައެޅުމާއި، ރީ-ރަޖިސްޓްރޭޝަނަށް އެމްޑީޕީއިން ހުޅުވާލީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

އެމްޑީޕީން ބުނީ، ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމާއި، ރީ-ރަޖިސްޓްރޭޝަނަށް އެޕާޓީން ކުރިން ފުރުޞަތު މިމަހުގެ 22 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ނިޔަލަށް އިތުރުކޮށްފައިވާކަަމށެވެ. ކުރިއން އޮތްގޮތުން މިއަދަށް އެ މުއްދަތު ހަމަވެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި 46 މީހަކަށް ޕްރައިމަރީގައި ވާދަކުރަން ނުޖެހި ޓިކެޓްވަނީ ކަށަވަރުވެފައިވާކަމަށް އެޕާޓީނ ްބުނެފައިވެއެވެ. އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައަޅަން ބާއްވާ ޕްރައިމަރީ އޮންނާނީ އަންނަ މަހުގެ 3 ވަނަ ދުވަހުއެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އޮންނާނީ މާރިޗު 17ގައެވެ. މިފަހަރުގެ އިންތިޚާބު ދިމާވަނީ ރޯދަމަހާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.