އާބަންކޯގެ ނަން ދޫކޮށް އެޗްޑީސީގެ ނަމަށް ރަސްމީކޮށް އެނބުރި ރުޖޫއަވެއްޖެ

އާބަންކޯގެ ނަން ދޫކޮށް އެޗްޑީސީގެ ނަމަށް ރަސްމީކޮށް އެނބުރި ރުޖޫއަވެއްޖެ

Author
ހުސެއިން
18 ޖެނުއަރީ 2024 12:17
0

މިދިޔަ އަހަރު ”އާބަންކޯ“ އަށް ރިބްރޭންޑްކުރި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ނަން ބޭނުން ކުރުން ހުއްޓާލާ، އެޗްޑީސީގެ ނަމަށް އަލުން ރުޖޫޢަ ވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ އެ ކުންފުނިން އެކްސް އާއި ފޭސްބުކްގައި ކުރި ޕޯސްޓެއްގައެވެ.

އެޗްޑީސީން ބުނެފައިވަނީ  ކުންފުނީގެ ކޯޕަރޭޓް އައިޑެންޓިޓީ ދައްކުވައިދޭ ގޮތަށް ލޯގޯ އާއި ބްރޭންޑް ނަން ބަދަލުކޮށް، އެޗްޑީސީގެ ގޮތުގައި، ކޯޕަރޭޓް އައިޑެންޓިޓީ އަލުން އިޔާދަ ކުރިކަން އުފަލާއެކު އިޢުލާނުކުރާ ކަމަށެވެ.

އެޓްޑީސީން ބުނެފައިވަނީ، އެންމެ ފަހުން އެ ކުންފުނިން ބޭނުންކުރި، ”އަރބަންކޯ“ގެ ނަމުގެ ބަދަލުގައި އެޗްޑީސީ ބޭނުންކުރަން ނިންމާފައިވަނީ، ކުންފުނީގެ ނަމާ ގުޅޭގޮތުން ކަސްޓަމަރުންނަށް އަރާ އޮޅުންތައް ކުޑަކުރުމަށް ކަމަށެވެ.

އަޅުގަނޑުމެންގެ އަސްލުތަކާ ގުޅާލުމުގެ މަޤްޞަދުގައި، މިއަދު އަޅުގަނޑުމެންގެ ކޯޕަރޭޓް އައިޑެންޓިޓީގެ ގޮތުގައި އެޗް.ޑީ.ސީ އަލުން ޤާއިމުކޮށްފިން. އަޅުގަނޑުމެންގެ މުޖުތަމަޢަށް ފައިދާހުރި ތަފާތު އުފެއްދުންތެރި މަސައްކަތްތައް ކުރުމުގައި އަޅުގަނޑުމެން ދެމިތިބޭނަން.

އެޗްޑީސީން ކުރި އެކްސްޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

އެޗްޑީސީން ކުރި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ ސްމާޓް އަދި ސޭފް ސިޓީތަކުގެ މާސްޓަރ ޑިވެލޮޕަރުންގެ ހައިސިއްޔަތުން، މުޖުތަމަޢުގެ ކުރިއެރުމަށްޓަކައި، މުޖުތަމަޢަށް ފައިދާހުރި ޕްރޮޖެކްޓްތައް ކުރިއަށް ގެންދިއުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން،  މުޖުތަމަޢު ކުރިއެރުވުމަށް މަސައްކަތް ކުރުމުގައި އެޗްޑީސީން ދެމި އޮންނާނެ ކަމުގައެވެ.

ރައީސް އޮފީހުގެ ޔުނިޓެއްގެ ގޮތުގައި 2001 ވަނަ އަހަރު އުފެއްދި އެ ކުންފުނި ފަހުން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ހިންގުމަށްފަހު، ފަހުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި އެ ކުންފުނި ހިންގަމުން އަންނަތާ އެތައް އަހަރެއް ވެއްޖެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.