ޝާހު އުޅެނީ މިހާރު ފިލައިގެން

ޝާހު އުޅެނީ މިހާރު ފިލައިގެން

Author
ފާތިމަތު ނާވީ
17 ޖެނުއަރީ 2024 05:35
0

ބޮލީވުޑްގެ އެކްޓަރު ޝާހުރުކް ހާން މިހާރު އުޅެނީ މީޑީއާ އާއި 'ފިލައިގެން' ކަމަށް މުނިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނޫސްތަކުން ބުނެފިއެވެ.

އަބަދުވެސް މީޑިއާ އާއި ގާތް ގުޅުމެއް ބާއްވާ އެކްޓަރު މިފަހުން ފެނިގެން ގޮސްފައިވަނީ މުމްބައިގެ ހޮޓަލަކުން ނުކުންނަނިކޮންނެވެ. އެއާއި އެކުގައި މީޑިއާއިން އޭނާގެ ފޮޓޯ ނަގަން ފެށިއެވެ. ނަމަވެސް ޝާހު ހުރީ ބޮލާއި މޫނުގެ ބޮޑުބައި ނިވާ ވާނެފަދަ ބޮޑު ހުޑީއަކުން ފޮރުވިގެންނެވެ. މީގެ އިތުރުން ކުޑައަކުން އޭނާ ފޮރުވަން ވެސް މީހަކު ހުއްޓެވެ.

 

View this post on Instagram

 

A post shared by Pinkvilla (@pinkvilla)

މީގެ ކުރިންވެސް މީޑީއާ އަށް ފޮރުވިގެން ޝާހު ވަނީ އުޅެފައިއެވެ. އެއީ މިދިއަ އަހަރުގެ ޝާހުގެ ކާމިޔާބު ފިލްމް "ޖަވާން" ގެ މަސައްކަތް ކުރިއަށް ދިއަ ދުވަސް ކޮޅުގައިއެވެ. އެފިލްމް އަށް އޭނާ އަށް ގެނެސްފައިވާ ބަދަލު ފެންނަން ބޭނުން ނުވާތީއެވެ.

މިހާރު އޭނާއަންނަނީ ދޮށި އަންހެން ދަރިފުޅު ސުހާނާ ހާން އާއި އެކުގައި ފެނިގެން ދާ ފިލްމްގެ މަސައްކަތް ކުރަމުންނެވެ. މި ފިލްމް އަކީ ދެބަފައިން އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމްއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.