ބާއޯޕިކް އެއް ހަދާނަމަ އޭނާގެ ރޯލު ކުޅެން އެންމެ ރަނގަޅު އެކްތަރަކީ ރަންބީރު ކަޕޫރު ކަމަށް މަޝްހޫރު ކުރިކެޓް ކުޅުންތެރިއާ ޔުވްރާޖް ސިންގް ބުނެފިއެވެ.
ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއެއްގައި ޔުވްރާޖް ބުނީ އޭނާގެ ބައޯޕިކް ހެދުމުގެ ޕްލޭން ތަކެއް އެބަ ހުރި ކަމަށެވެ. އަދި އޭގެ އަމަލީ މަސައްކަތްވެސް އަވަހަށް ފެށިގެން ދާނެ ކަމަށް އުންމީދު ކުރާ ކަމަށްވެސް ބުނެފައި ވެއެވެ.
ޔުވްރާޖް ބުނީ އޭނާގެ ބައޯޕިކް އެއް ހަދާނަމަ އެރޯލަށް އެންމެ ފިޓު އެކްޓަރަކީ ރަންބީރު ކަމަށެވެ. "އެނިމަލް" ފިލްމް ގައި ރަންބީރުގެ އެކްޓިން އޭނާ އަށް ވަރަށް ކަމުދިއަ ކަމަށާއި އެފަދަ ހުނަރުވެރި އެކްޓަރަކު އޭނާގެ ރޯލު ކުޅުން ބުއްދިވެރި ކަމަށް ބުނެފައިވެއެވެ.
އެހެން ނަމަވެސް އެ އެއީ އޭނާގެ މަސައްކަތް ނޫން ކަމަށާއި އެއީ ޑައިރެކްޓަރުގެ މަސައްކަތް ކަށް ވެސް ބުނެފައިއެވެ. އަދި ވަރަށް އަވަހަށް ބައޯޕިކް އާއި ބެހޭ ހަބަރުތަށް ލިބިގެން ދާނެ ކަމަށްވެސް ވަނީ ބުނެފައިއެވެ.
ހޭޒަލް އާއި ޔުވްރާޖް ކައިވެނި ކުރީ ގިނަ ދުވަސްތަކަކު އެކުގައި ލޯބީގެ ގޮތުން އުޅުމަށްފަހު 2016 ވަނަ އަހަރުއެވެ. އެކައިވެނިން އެމީހުންނަށް ވަނީ ފިރިހެން ކުއްޖަކާއި އަންހެން ކުއްޖެއް ލިބިފައިއެވެ.
ކޮމެންޓު ފޮނުވާ