އިރާ ގެ ކައިވެނިން އެންމެ އަޅައިގަތީ އިމްރާންގެ ލޯބިވެރިޔާ

އިރާ ގެ ކައިވެނިން އެންމެ އަޅައިގަތީ އިމްރާންގެ ލޯބިވެރިޔާ

Author
ފާތިމަތު ނާވީ
16 ޖެނުއަރީ 2024 01:49
0

ބޮލީވުޑްގެ ސްޕަސްޓާރު އާމިރު ހާންގެ ދަރިފުޅު އިރާ ހާން ގެ ކައިވެނިން އެންމެ ބޮޑަށް މީހުންގެ ލޮލުގައި އަޅައިގަތީ އިމްރާން ހާން ގެ ލޯބިވެރިޔާއެވެ.

މިދިއަ ހަފްތާގައި ވަރަށް ކުލަގަދަކޮށް ކުރެވިގެން ދިއަ މިކަިއވެނީގެ ހުރިހާ ފަންގްޝަން ތަކެއްގައި ވެސް އިމްރާންގެ ލޯބިވެރިޔާ ލޭކާ ވޮޝިންޓަން ވަނީ ފެނިގެން ގޮސްފައިއެވެ. އަދި ހާއްސަކޮން އާއިލީ ފޮޓޯ ތަކުން އޭނާ ވަނީ ފެނިގެން ގޮސްފައިއެވެ.

އެއާއި އެކުގައި މީޑިއާއިން މިހާރު ބުނަމުން އަންނަނީ އެމީހުން ގެ ކައިވެނި މިހާރު އޮތީ ވަރަށް ކައިރީގައި ކަމަށެވެ. އަދި އާއިލާ ގެ ރުހުން އެމީހުންނަށް ލިބިފައިވާ ކަމަށްވެސް ވަނީ ބުނެފައިއެވެ. އާމިރު އަކީ އިމްރާންގެ ބޮޑުބޭބެއެވެ.

 

View this post on Instagram

 

A post shared by Danish Husain (@dan.husain)

އިމްރާންގެ ކައިވެނި 2019 ވަނަ އަހަރު ރޫޅުނު ނަމަވެސް އޭނާ ލޭކާ އާއި އެކުގައި ފެނިގެން ގޮސްފައިވަނީ މިދިއަ އަހަރުގައިއެވެ. ލޭކާ އާއި އެކުގައި އިމްރާން މަދު މަދުން ބޭރުތެެރެއިން ފެނެއެވެ.

40 އަހަރުގެ އެކްޓަރު ބަތަލާ ލޭކާ އާއި އެކުގައި އުޅެނިކޮން ނަގާފައިވާ ފޮޓޯތަކެއް ފަހުން ވަނީ ވައިރަލް ވެފައިއެވެ. އެދެމެދުގައި ހާއްސަ ގުޅުމެއް އޮންނަ ކަމަށް ވަނީ ނޫސްވެރިން ބުނެފައިއެވެ. އެމީހުން ވަނީ 2013 ވަނަ އަހަރު ރިލީޒްކުރި ފިލްމު "މަޓްރޫ ކީ ބިޖްލީ ކާ މަންޑޯލާ"ގައި އެކުގައި މަސައްކަތްކޮށްފަ އެވެ.

 

View this post on Instagram

 

A post shared by Zayn Khan (@zaynmarie)

އިމްރާން އާއި އަންހެނުން އަވަންތިކާ މާލިކްގެ ކައިވެނި ރޫޅުން ފަހުން އޭނާ ބޭރުތެރެއިން ފެންނަލެއް ކުރިއަށްވުރެ މާމަދުވެ، އޭނާގެ ހަށީގަނޑަށްވެސް ވަނީ ބޮޑޫ ބަދަލުތަކެއް އައިސްފައިއެވެ. އަވަންތިކާ އާއި އިމްރާން 2011 ވަނަ އަހަރު ކުރި ކައިވެނި ރުޅޫނީ 2019 ވަނަ އަހަރުގައިއެވެ. އެމީހުންގެ ދަރިއެއްވެސް ހުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.