ރަޝްމިކާ އާއި ވިޖޭ ގެ އެންގޭޖްމެންޓް މާޗުގައި

ރަޝްމިކާ އާއި ވިޖޭ ގެ އެންގޭޖްމެންޓް މާޗުގައި

Author
ފާތިމަތު ނާވީ
15 ޖެނުއަރީ 2024 12:47
0

ސައުތު އިންޑިއާގެ މަގުބޫލު ދެ ތަރިން ކަމަށްވާ  ރަޝްމިކާ މަންދަނާ އާއި ވިޖޭ ދެވަރަކޮންޑާ އަންނަ މާޗް މަހުގެ ތެރޭގައި އެންގޭޖްވާން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

މި ދެ ތަރިން އަޅުވާ ކިޔަން ފެށީ ދެ އެކްޓަރުން އެކުގައި 2018 އާއި 2019 ގައި ކުޅުނު ވަރަށް ރޮމެންޓިކް ދެ ފިލްމު ރިލީޒްވި ފަހުންނެވެ. ނަމަވެސް މި ދެ ތަރިންގެ މެދުގައި ލޯބީގެ ގުޅުމެއް އޮންނަ ކަމަކަށް މިހާތަނަށް އެމީހުން އެއްބަސް ވެފައެއް ނުވެ އެވެ.

 

 

View this post on Instagram

 

A post shared by Vijay Deverakonda (@thedeverakonda)

މީޑީއާ އިން ބުނާގޮތުގައި އެދެމެދުގައި އޮތީ ރައްޓެހި ރަހުމަތެރި ކަމަށް ވުރެ ގާތް ގުޅުމެކެވެ. އެގޮތުން މިދިއަ އަހަރު އެދެމީހުން ވަނީ ޗުއްޓީ އަށް ރާއްޖެއަށް ވެސް އައިސްފައިއެވެ. އެދެތަރިން މިހާރު އަންނަނީ ވިއެޓްނާމްގައި ޗުއްޓީ ހޭދަކުރަމުންނެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެ މީހުން އަންނަ މާޗް މަހުގެ މެދު ތެރޭގައި އެންގޭޖްވާނެއެވެ. އަދި މާ ލަސްތަކެއް ނުވެ ކައިވެނި ވެސް ކުރާނެ އެވެ. އަދި އެކައިވެނި މިއަހަރު އޮންނާނެ ކަމށް ވެސް ވަނިބުނެފައިއެވެ.

ރަޝްމިކާ، 27، އަކީ މިހާރު ބޮލީވުޑްގައި ވެސް ކުރިއަރަމުން އަންނަ ބަތަލާއެކެވެ. އޭނަގެ ފުރަތަމަ ހިންދީ ފިލްމަކީ އަމީތާބް ބައްޗަންގެ 2022 ގެ "ގުޑްބާއި" އެވެ. އެންމެ ފަހުގެ ފިލްމަކީ މިދިޔަ މަހު ރިލީޒްކުރި ރަންބީރް ކަޕޫރްގެ "އެނިމަލް" އެވެ.

ދެހާސް ބާވީހުގައި ރިލީޒްކުރި "ލައިގާ" އިން ބޮލީވުޑަށް ނުކުތް ވިޖޭ، 34، ގެ އެންމެ ފަހުގެ ފިލްމަކީ މިދިޔަ އަހަރުގެ ތެލެގޫ ފިލްމު "ކުޝީ" އެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.