ހަށިގަނޑުގެ އެތަން މިތަނުގައި ޓެޓޫގެ ގޮތުގައި ލިޔުންތަކާއި، ދޫންޏާއި ހަޔަވާނުތަކުގެ ސޫރައާތަކާއި، އިންސާނުންގެ ސޫރަތަކާއި އެނޫންވެސް އެކިވައްތަރު ވައްތަރުހެ ނިޝާން ކުރަހާފައި ބެހެއްޓުމަކީ ހަރާމް ކަމެއް ކަމަށް އިސްލާމީ ފަތުވާ އެންމެ މަތީ މަޖިލީސްއިން ވިދާޅުވެއްޖެއެވެ.
ޓެޓޫ ޖެހުމުގެ ހުކުމާއި ގުޅޭގޮތުން ފަތުވާ މަޖިލީސް އިން 2019ގައި ނެރުނު ހުކުމެއް މިއަދު ފަތުވާ މަޖިލިހުން ވަނީ އެކްސްގައި ޕޯސްޓު ކޮށްފައެވެ.
މި ހުކުމްގައި ބުނެފައިވަނީ އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެންބަރުން މި މައްސަލަ ކީރިތި ގުރްއާނާއި، ކީރިތިރަސޫލާގެ ސުންނަތާއި، އިލްމުވެރިންގެ ބަސްފުޅުތަކާއި، ބުއްދީގެ ހަމަތަކުގެ އަލީގައި ދިރާސާކުރުމުން އެނގި ހާމަވީ، ހަށިގަނޑުގެ އެއްވެސް ތަނެއްގައި، އެއްވެސް ސިފައެއްގައި ޓެޓޫ ޖަހާފައި ބެހެއްޓުމަކީ، ހުއްދަނޫން ހަރާމްކަމެއް ކަމުގައެވެ.
އެއީ، މިކަމަކީ، މާތްﷲ ހައްދަވާފައިވާ މަހްލޫގެއްގެ، ހައްދަވާފައިވާ ގޮތް ބަދަލުކުރުން ކަމަށްވާތީ އާއި ޓެޓޫ ޖަހާފައިވާ ތަނަކީ، ނަޖިސް ތަނެއް ކަމުގައި އިލްމުވެރިން ވިދާޅުވާތީއެވެ.
އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން އާންމު ކުރު ހުކުމްގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ