ކުޑަ ކުއްޖަކަށް ތަކުރާރުކޮށް އަނިޔާ ކުރި މީހަކު ހައްޔަރުކޮށްފި

ކުޑަ ކުއްޖަކަށް ތަކުރާރުކޮށް އަނިޔާ ކުރި މީހަކު ހައްޔަރުކޮށްފި

Author
އަހުމަދު
14 ޖެނުއަރީ 2024 10:54
0

ކުޑަކުއްޖަކަށް ތަކުރާރުކޮށް ޖިސްމާނީ އަނިޔާ ކުރަމުންދިޔަ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރީ މާލެ އަށް އުފަން 41 އަހަރުގެ ފިރިހެނެކެވެ. އޭނާގެ ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް ވަނީ 10 ދުވަސް ޖަހައިފައެވެ. މި މީހާގެ މައްޗަށް ތުހުމަތު ކުރަނީ ކުޑަކުއްޖަކަށް ޖިސްމާނީ އަނިޔާ ކުރި ކަމުގެ ތުހުމަތެވެ.

މި މީހާގެ ބަންދު އަމުރުގައި ބުނެފައިވާގޮތުން ފެމެލީ ކޯޓުން އޭނާގެ މައްޗަށް ގެވެށި އަނިޔާއިން ރައްކާތެރިކުރުމުގެ އަވަސް އަމުރެއް ނެރެފައި ވެއެވެ. އަދި އަމުރާއި ހިލާފު ކަންތައްތަކެއް ކުރެވުނު ކަމަށް ޝަރީއަތުގައި އޭނާ ވަނީ އެއްބަސްވެފައެވެ.

ބަންދު އަމުރުގައި ވަނީ މި ހާދިސާއާ ގުޅިގެން އެ ދުވަހު ތިން ފަހަރެއްގެ މަތިން ފުލުހުން އޭނާއާ ވާހަކަ ދައްކައި، އެގޮތަށް އަމަލު ނުބެހެއްޓުމަށް ނަސޭހަތް ދީފައިވާ ކަަމަށާއި، އޭގެ ފަހުން އިތުރަށް ތަކުރާރު ކުރުމުން ހައްޔަރު ކުރީ ކަމަށެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.