"ބޫލް ބުލައްޔާ 3″ އިން ވިދްޔާ ފެންނާނެ

"ބޫލް ބުލައްޔާ 3″ އިން ވިދްޔާ ފެންނާނެ

Author
ފާތިމަތު ނާވީ
13 ޖެނުއަރީ 2024 06:17
0

ކާމިޔާބު ފިލްމު ފްރަންޗައިޒްއެއް ކަމަށްވާ "ބޫލް ބުލައްޔާ"ގެ 3 ވަނަ ފިލްމް އިން އޭގެ ފުރަތަމަ ފިލްމް އިން ފެނިގެންދިއަ ބަތަލާ ވިދްޔާ ބާލަން ފެނިގެންދާނެ ކަމަށް ރިޕޯޓްތަށް ބުނަން ފަށައިފިއެވެ.

ރިޕޯޓްތަށް ބުނާގޮތުން ވިދްޔާ ވަނީ މިހާރު މި ފިލްމް އަށް އާނ ބަސް ބުނެފައިއެވެ. މި ފިލްމް އަކީ 2007 ވަނަ އަހަރު ގެނެސްދިން ކާމިޔާބު ފިލްމްއެކެވެ. އެފިލްމް އިން ފެނިގެން ގޮސްފައި ވަނީ އަކްޝޭ ކުމާރު އާއި ވިދްޔާ ބާލަން އެވެ.

2022 ވަނަ އަހަރު ގެނެސްދިން މީގެ ދެވަނަ ފިލްމް އިން ފެނިގެން ގޮސްފައިވަނީ ކާތިކް އާރިޔާން އާއި ތާބޫ ގެ އިތުރުން ކިއާރާ އަދުވާނީއެވެ. އެ ފިލްމް އަކީ ވެސް ވަރަށް ކާމިޔާބު ފިލްމްއެކެވެ.

 

View this post on Instagram

 

A post shared by Vidya Balan (@balanvidya)

މިހާރު މި ފްރެންޗައިޒްގެ 3 ވަނަ ފިލްމް ކާތިކް އާއި އެކުގައ ވަނީ އިއުލާން ކޮށްފަިއއެވެ. އެއާއި އެކުގައި ވިދްޔާ މި ފިލްމް އިން ފެނިގެން ގޮސްފި ނަމަ މީ ކާތިކް އާއި އެކުގައި އޭނާ ކުޅޭ ފުރަތަމަ ފިލްމް އަށް ވެގެން ދާނެއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.