ބޮލީވުޑްގެ އެކްޓަރު އިމްރާން ހާޝްމީ އައު ކާރެއް ގަނެފިއެވެ.
އޭނާ ނަގެފައިވަނީ މަޝްހޫރު ރޯލްސް ރޯއީ ކާރެކެވެ. އެ ކާރު ގެންނަ ވީޑިއޯ އެއް މިހާރު އަންނަނީ ވައިރަލް ވަމުންނެވެ. ކަޅު ކުލައިގެ މިކާރަކީ ވަރަށް އަގުވެސް ބޮޑު ކާރެކެވެ.
އޭނާ އަގުބޮޑު ކާރެއް ގަތް އިރުގައި މިދިއަ އަހަރު އޭނާ ފެނިގެންދިއަ ފިލްމް "ޓައިގާ 3″ އަކީ ސުޕަ ހިޓު ފިލްއެކެވެ. އެފިލްމްގައި އޭނާ ކުޅެފައިވާ ނެގެޓިވް ރޯލަށް ވަނީ ބެލުންތެރިންގެ ބޮޑު މަގުބޫލު ކަމެއް ލިބިފައިއެވެ.
އިމްރާން ބޮލީވުޑްއަށް ތައާރަފްވީ 2005 ވަނަ އަހަރުގެ ފިލްމް "މާޑާ" އިންނެވެ. މިދިއަ އަހަރު އޭނާ ފެނިގެންދިއައީ "ޓައިގާ3″ އިންނާއި "ސެލްފީ" އިންނެވެ.
ކޮމެންޓު ފޮނުވާ