ކަންގަނާ ލޯބިވެރިއަކު ހޯދައިފި

ކަންގަނާ ލޯބިވެރިއަކު ހޯދައިފި

Author
ފާތިމަތު ނާވީ
14 ޖެނުއަރީ 2024 10:08
0

ބޮލީވުޑް ބަތަލާ ކަންގަނާ ރަނާވަތު ގެ ހަޔާތަށް ބައިވެރި އައިސްފައިވާ ކަމަށް ހަބަރުތަށް ބުނަން ފަށައިފިއެވެ.

މި ވާހަކަ ދައްކަން ފެށީ މުމްބާއީގެ ސެލޫންއަކުން ބިދޭސީ ފިރިހެނަކާ އެކީ އަތުގުޅާލައިގެން ކަންގަނާ ނުކުތް ތަން ރޭ ފެނުމާ ގުޅިގެންނެވެ. ބޮލީވުޑްގެ މުހިފޫހި ފިލުވުމުގެ ހަބަރުތަށް ގެނެސްދޭ ނުސްތަކުންބުނީ ފިރިހެނަކާއި އެކުގައި އަތާއި އަތް ޖޯޑު ކޮށްގެން ކަންގަނާ ހުރީ ވަރަށް އުފަލުން ކަމަށެވެ.

އަދި އެމީހުން އެކުގައި ފޮޓޯ ނެގުމުގެ ފުރުސަތު ވަނީ މީޑީއާއަށް ދީފައިއެވެ. ނަމަވެސް މި ގުޅުމާއި ބެހޭގޮތުން އަދި އެމީހާ އާއި ބެހޭގޮތުންވެސް މިހާތަނަށް ކަންގަނާ އެއްވެސް ވާހަކައެއް ދައްކައިފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by yogen shah (@yogenshah_s)

މި ފަހުން ދީވައިފައިވާ އިންޓަވިއުތަކުގައި ކަންގަނާ ވަރަށް ބޮޑަށް ކައިވެނީގެ ވާހަކަ ދައްކާފައިވެ އެވެ. އެގޮތުން ކައިވެނިކޮށް ދަރިން ހޯދަން ވަރަށް ބޭނުންވާ ކަމަށް ވެސް 36 އަހަރުގެ ބަތަލާ ބުނެފައިވެ އެވެ.

 

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.